25 ޖެނުއަރީ 2017
ނިއު ދިއްލީ (ޖެނުއަރީ 25) - ނޭޕާލަށް 2015 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އެވަރެސްޓް ފަރުބަދައިެގ އުސްމިނަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އިންޑިއާ އިން އަލުން މިންއަޅަން ނިންމައިފި އެވެ.
ނިއު ދިއްލީ (ޖެނުއަރީ 25) - ނޭޕާލަށް 2015 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އެވަރެސްޓް ފަރުބަދައިެގ އުސްމިނަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އިންޑިއާ އިން އަލުން މިންއަޅަން ނިންމައިފި އެވެ.
ސާވެޔާ-ޖެނެރަލް ސްވަރުނާ ސުއްބާ ރާއޯ ވިދާޅުވީ ފަރުބަދައިގެ އުސްމިން ބެލުމަށް ދެ މަސް ދުވަސްތެރޭ ނޭޕާލަށް ޓީމެއް ފޮނުވާނެ ކަމަށެވެ. ނަމަވެސް ނޭޕާލުގެ އޮފިޝަލުން ބުނެފައި ވަނީ އިންޑިއާގެ ޓީމަކުން އެވަރެސްޓް ފަރުބަދައިގެ މިން އެޅުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ. ރާއޯ ވިދާޅުވީ އިންޑިއާގެ ސެންޓްރަލް މެޕިން އެޖެންސީ، ސާވޭ އޮފް އިންޑިއާ، އިން ފަރުބަދައިގެ މިން އަޅާނީ ނޭޕާލް ސަރުކާރާ ގުޅިގެން ކަމަށެވެ. އެކަމަކު ނޭޕާލުގެ ސާވޭ ޑިޕާޓްމަންޓުގެ ނައިބް ގަނޭޝް ބައްޓާ ވިދާޅުވީ އިންޑިއާއާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި ވިސްނުން ހުރީ އެވަރެސްޓް ފަރުބަދައިގެ އުސްމިން ނޭޕާލުން އަމިއްލަ އަށް ބެލުމަށް ކަމަށެވެ.
ސެޓެލައިޓް ޑޭޓާ އިން ދައްކާފައިވާ ގޮތުގައި ބިންހެލުމާ ގުޅިގެން އެވަރެސްޓް ފަރުބަދަ ވަނީ ތަންކޮޅެއް ތިރިވެފަ އެވެ. އެވަރެސްޓް ފަރުބަދައިގެ އުސް މިނުގެ ގޮތުގައި ބަލާ 8،848 މީޓަރު (29،028 ފޫޓު) ގެ މިން މީގެ 62 އަހަރު ކުރިން ބަލާފައި ވަނީ ވެސް އިންޑިއާގެ ޓީމަކުންނެވެ. ސައެންޓިސްޓުން ބުނާ ގޮތުގައި 7.8 ގެ ބާރު މިނުގައި ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން އެވަރެސްޓް ފަރުބަދަ ވަނީ އެއް މީޓަރަށް ތިރިވެފަ އެވެ.
އިންޑިއާ، ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތް ހަދައިފި
10 ފަހަރަށް އެވަރެސްޓަށް އަރައިގެން ރިކޯޑް އާކޮށްފި
ދުނިޔޭގެ އެންމެ އުހުގައި ސައި ބޮއެފި
އިންޑިއާ، ބަންގްލަދޭޝް، އަދި ނޭޕާލަށް ފަހު ރާއްޖެ؟
ޕަރިނީތީ ޓުއާ ގައިޑެއްގެ ރޯލަށް
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
ޗައިނާގެ ލޯފަން މީހަކު އެންމެ އުސް ފަރުބަދަމައްޗަށް
އެވަރެސްޓް ފަރުބަދައިގެ ކުނިން އާޓް ގެލެރީއެއް
އެވަރެސްޓް ފަރުބަދަ "އުސްވެއްޖެ"
ބަންގްލަދޭޝްގެ އިތުރު 72 މީހަކު ޕޮޒިޓިވްވެއްޖެ