Roadha Mihaaru
ޒުވާން ދެ ޓީމު ވެސް ހޭންޑްބޯޅައިން މެޑަލް ހޯދައިފި

ޒުވާން އަންހެން ދެ ޓީމު ވެސް ހޭންޑްބޯޅައިން މެޑަލް ހޯދައިފި

17 މެއި 2023

އައިއެޗްއެފް ޓޮރޮފީ އޭޝިއާ ބައްރުގެ ޒޯން 2 ގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ހޭންޑްބޯޅަ ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ހޭންޑްބޯޅަ ޓީމް، ތިންވަނަ ހޮވި މެޗުގައި ނޭޕާލް ބަލިކޮށް، ލޯ މެޑަލް ހޯދައިފި އެވެ.

އައިއެޗްއެފް ޓޮރޮފީ އޭޝިއާ ބައްރުގެ ޒޯން 2 ގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ހޭންޑްބޯޅަ ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ހޭންޑްބޯޅަ ޓީމް، ތިންވަނަ ހޮވި މެޗުގައި ނޭޕާލް ބަލިކޮށް، ލޯ މެޑަލް ހޯދައިފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށް ގެންދާ މުބާރާތުގައި އިއްޔެ ކުޅުނު ތިންވަނަ ހޮވި މެޗުގައި ރާއްޖޭގެ ޒުވާން ދެ ޓީމުން ވެސް ކުޅުނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް ބަލިކޮށް ދެ ޓީމުން ވެސް ހޭންޑްބޯޅަ އިން ތާރީހީ ކާމިޔާބީއެއް ރާއްޖެ އަށް ހޯދައިދިނެވެ.

ހަތަރު ގައުމު ވާދަކުރި، އެ ދެ އުމުރުފުރާގެ ލީގު ބުރުގައި ފުރަތަމަ ކުޅުނު ދެ މެޗުގައި ބަންގްލަދޭޝް އާއި އިންޑިއާގެ އަތުން ބަލިވިޔަސް ލީގު ބުރުގެ ފަހު މެޗުގައި ރާއްޖޭން ނޭޕާލް ބަލި ކުރި އެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުން ތިންވަނަ ހޮވި މެޗުގައި ނޭޕާލް ބަލިކުރީ 41-10 އިންނެވެ. އެ މެޗުގައި ރާއްޖޭގެ އައިޝަތު އީޝަލް އަލީ 15 ގޯލް ޖަހައިދިން އިރު ފާތިމަތު އަޝާ ރަޝީދު ނުވަ ގޯލް ޖަހައިދިނެވެ. އައިޝަތު ޔަފްއާ އަހުމަދާއި ފާތިމަތު އަމާނީ [ކޮންމެ ކުޅުންތެރިއަކަށް] ހަތަރު ގޯލް ޖެހި އެވެ. ތީބާ އަބްދުﷲ ތިން ގޯލް ޖެހި އެވެ. ފާތިމަތު ލީމް ރިޝާދާއި އައިޝަތު ޒިއާނާ ރިޔާޒު މެޗުގައި ދެ ގޯލް ޖެހިއިރު، އައިޝަތު އައިނީ ހެސެއިން އާއި މީފާ ބިންތި މަޖީދު ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ޖޫނިއާ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 22-5 އިންނެވެ. އެ މެޗުގައި ފާތިމަތު ތުހުފާ އާއި ފާތިމަތު ޝާޔާ މުހައްމަދު [ކޮންމެ ކުޅުންތެރިއަކަށް] ސް ގޯލް ޖަހައިދިނެވެ. އީނާ އަހުމަދު ހަތަރު ގޯލު ޖެހިއިރު، އައިޝަތު އިބާ އަހުމަދާއި ފާތިމަތު ލީމް ވެސް ދެ ގޯލް ޖެހި އެވެ. މަރިޔަމް ޔާނާ ނާސިހާއި އައިޝަތު އީޝާ އާއި މަނާލް އިސްމާއިލް ރަޝީދު އަދި ޒުހާ ރަޝީދު ވެސް މެޗުގައި ގޯލެއް ޖެހި އެވެ.

މިއީ ޒުވާން އަންހެން ޓީމުން ވެސް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރި ފުރަތަމަ މުބާރާތެވެ. މިދިޔަ މާޗު މަހު ނިމުނު އިންޓަ ސްކޫލް މުބާރާތަށް ފަހު، އަންހެން ދެ ޓީމުގެ ފަރިތަކުރުންތައް ފެށީ އައިއެޗްއެފް ޓްރޮފީ އިން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.