16 މެއި 2023
ލ. އަތޮޅުގެ މަޝްހޫރު ރުއްގަނޑު އަނެއްކާވެސް ވަރުވާ އަށް ދޫކުރަން ނިންމައި، އެ ތަން ބަލަހައްޓާނެ ބަޔަކު ހޯދަން ގަމު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
ލ. އަތޮޅުގެ މަޝްހޫރު ރުއްގަނޑު އަނެއްކާވެސް ވަރުވާ އަށް ދޫކުރަން ނިންމައި، އެ ތަން ބަލަހައްޓާނެ ބަޔަކު ހޯދަން ގަމު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ލ. މާންދޫ ރުއްގަނޑު ވަރުވާ އަށް ދޫކުރުމަށް ބޭނުންވާތީ، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ "މިހާރު" އަށް ވިދާޅުވީ ރުއްގަނޑު ވަރުވާ އަށް ދޫކުރަން އަނެއްކާވެސް އިއުލާންކުރީ ކުރިން އެތަން ބަލަހައްޓަމުން އައި މީހުން ދޫކޮށްލުމުން ކަމަށެވެ. އެ މީހުން މިދިޔަ ތިން އަހަރު އެތަން ބެލެހެއްޓި ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. އަތޮޅުގެ މަޝްހޫރު ރުއްގަނޑު: އަނެއްކާވެސް އެތަން ވަރުވާއަށް ދޫކުރަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ނަޖުނަޖު
"އެ މީހުންނަށް އެތަން ނުބެލެހެއްޓިގެން ދޫކޮށްލީ، އެހެންވެ އެހެން ބަޔަކު ހޯދަން އިއުލާންކުރަން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.
މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 26 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްގަނޑަކީ ރާއްޖޭގައި މިހާ ތަރުތީބުކޮށް ހައްދާފައިވާ އެންމެ ބޮޑު ރުއްގަނޑެވެ. ކުރީގެ އެޓޮލްސް މިނިސްޓަރު އިލްޔާސް އިބްރާހިމްގެ އިރުޝާދުގެ ދަށުން ހައްދާފައިވާ ރުއްގަނޑަކީ ލ. އަތޮޅުގެ ލޭންޑްމާކެކެވެ. އެ އަތޮޅަށް ދަތުރުކުރާ މީހުންގެ މެދުގައި ވެސް އެ ތަން ވަރަށް މަގުބޫލެވެ.
ލ.ގަމާއި ފޮނަދުއަށް އަރައިފޭބުން މަނާކޮށްްފި
ބޮގަރުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ލ. އަތޮޅަށް އެމްއައިބީގެ ސާވިސް ސެންޓަރެއް
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!
ފޮނަދޫ-ގަމުގެ މީހުންގެ ހިއްސާއާއެކު ގެސްޓްހައުސްއެއް!
ލ. ގަން: ފަސް އަހަރުން ބަދަލުކޮށްލެވިދާނެ!
ވިޔަވަތި ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުން ގަމުގައި
ގަމުގައި 100 ފްލެޓް އިމާރާތްކުރަން އެސްޖޭ އަށް
މުކުރިމަގު ސްކޫލަށް ޖަޕާނުން 1.2 މިލިއަން ރުފިޔާ