16 މެއި 2023
މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކޮށް ޓިކެޓް ނުލިބޭ ގޮތަށް ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކޮށް ޓިކެޓް ނުލިބޭ ގޮތަށް ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަން ފުރުއްވި އާޒިމަށް އެޅި މި ފިޔަވަޅާއެކު ކުރިއަށް އޮތް ދައުރުގައި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލެއް ނުކުރެއްވޭނެ އެވެ. އެއާއެކު ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ވެސް ވާދައެއް ނުކުރެއްވޭނެ އެވެ.
ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ނަމަ، އާޒިމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވޭނީ އެއް އަހަރު ފަހުންނެވެ. އޭނާއަށް މެމްބަރަކަށް ވެވޭނީ އަލަށް 100 މެމްބަރުން ޕާޓީއަށް ވެއްދުމުގެ ފޯމާ އެކުގައި ކަމަށް ވެސް ކޮމިޓީން ނިންމި އެވެ.
- އެއް އަހަރު ދުވަހަށް ޕާޓީން ވަކިކުރުން
- ފަސް އަހަރަށް އެއްވެސް މަގާމަށް ކުރިމަތި ނުލެވުން.
- އެއްވެސް ޕްރައިމަރީއެއްގައި ފަސް އަހަރު ވަންދެން ވާދަނުކުރެވުން
- އެމްޑީޕީއަށް އަލަށް ވަންނަން ބޭނުން ނަމަ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުން
އޭނާއަށް ފިޔަވަޅު އަޅަން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.
މިއީ ޕާލަމަންޓްރީ ގްރޫޕުން ހުށަހެޅި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާއާ ޚިލާފު އަމަލެކެވެ. އެއީ މެމްބަރު ކަމުން ވަކިވާނެ ކަމަށް ބުނާ މާއްދާ އެވެ.
މެމްބަރު ކަމުން ވަކިވާ ސަބަބުތަކުގެ ތެރޭގައި އެ މާއްދާގެ ހ. ގައި ބުނެފައި ވަނީ "ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުން" ހިމެނޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކާ އެކު އާޒިމް ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
"މި މައްސަލާގައި މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމްއާ މެދު ތުހުމަތުކޮށްފައިވާ ކަންކަން އެނާ ކުރައްވާފައިވާކަން ކޮމިޓީއަށް ކަށަވަރުވެފައިވާތީ މި ކަންކަމަކީ، އޭނާ ޕާޓީގެ އަސާސީގަވައިދުގެ 16 ވަނަ މާއްދާގެ (ހ) ގެ އިތުރުން، ހަމަ އެމާއްދާގެ (ރ) އާ ވެސް ހިލާފު އަމަލުތަކެއްކަމުގައި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން އިއްތިފާގުވެ އެވެ. އަދި، މަތީގައި ފާހަގަކޮށްފައި އެވާ ކަންކަމަށް ރިއާޔަތްކުރާއިރު، އަލީ އާޒިމް އަސާސީގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަމަކީ އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަންތައްތަކެއް ކަމުގައި ވެސް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން އެއްބަސްވެ އެވެ،" ކޮމިޓީގެ ނިންމުމުގައިވެ އެވެ.
ކެބިނެޓުގެ ވަޒީރަކާ މެދު އާޒިމް ދެއްކެވި ވާހަކަތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަކީ މެމްބަރު ކަމުން ވަކިކުރެވޭނެ ކަމެއް ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ. މި މައްސަލާގައި ފިޔަވަޅު ނާޅައިފި ނަމަ ޕާލަމަންޓްރީ ގްރޫޕާއި މުޅި ޕާޓީގެ މަސްލަހަތު ގެއްލި ގެއްލުންވާނެ ކަމަށް ކޮމިޓީން ދެކެ އެވެ.
އާޒިމްގެ އިތުރުން ހަތަރު މެމްބަރަކު ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި މައްސަލާގައި ފިޔަވަޅު އަޅަން ވެސް ޕާލަމަންޓްރީ ގްރޫޕުން ފޮނުވި އެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.
އާޒިމްގެ އިތުރުން ހަތަރު މެމްބަރަކު ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި މައްސަލާގައި ފިޔަވަޅު އަޅަން ވެސް ޕާލަމަންޓްރީ ގްރޫޕުން ފޮނުވި އެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.
އާޒިމާއި ދެން ތިއްބެވި މެމްބަރުންނަށް ފިޔަވަޅު ނިންމީ ގޯސްކޮށް ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ނަޝީދު ރޭ "މިހާރު"އަށް ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ބޭއްވޭނީ އެ ކޮމިޓީގެ މުގައްރިރު, ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް އެނގިވަޑައިގެން ކަމަށެވެ. އެކަމަކު އެއާޚިލާފަށް ސިއްރުން ކޮމިޓީ ބާއްވައި ޕާޓީން އަމަލުކޮށްފައި ވަނީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަވާއިދުތަކުން އޮންނަ ކަމެއްގައި ވަކި ބަޔަކު އެއްވެލާފައި ބައްދަލުވުމެއް ބާއްވައި "އެވެނި، މިވެނި ބޭފުޅަކު ކަނޑާލީއޭ" ބުނުމަކީ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއް ނޫނެވެ.
"ކޮމިޓީ ބައްދަލުވާން ވެސް އޮންނަނީ، ބައްދަލުވެވެން ވެސް އޮންނަނީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ނައިބު ރައީސް [މުހައްމަދު ޝިފާޒް] އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތީމަ. އެހެން މީހުންނަކަށް އޮންނަ އިހްތިޔާރެއް ނޫން އެއީ." ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން އެމްޑީޕީގެ ގްރޫޕްތަކަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުން ކަޓުވާލި ކަމަށެވެ. އެހެން މީހުން އެ ގޮނޑިތަކަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލާ މައްސަލަތައް ބެލުމަކީ އިންސާފެއް ނޫން ކަމަށެވެ.
"ޕާޓީން ވަކިކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ އިންތިހާބުގެ ވާދަވެރިކަން މިފަހަރު ބޮޑު
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
އެމްޑީޕީން އަޅުގަނޑު ވަތްކެއް ނުވޭ: އާޒިމް
ރިފްއަތު ވަކިކުރަން ވޯޓް ދޭ މެންބަރުން ވަކިކުރާނަން
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި
އިންޑިއާ އައުޓް ބިލާ މެދު ހިޔާލު ތަފާތުވެއްޖެ!
އެމްޑީޕީ ޕީޖީގެ މަގާމުތަކުގެ އިންތިޚާބު ފަށައިފި
"އިންޑިއާ އައުޓް" ހުއްޓުވާ ބިލް ހުށަހަޅަން ފާސްކޮށްފި
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ