14 މެއި 2023
މެޑްރިޑް (މެއި 14) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-1 އިން ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.
މެޑްރިޑް (މެއި 14) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-1 އިން ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.
މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން 70 ވަނަ މިނިޓުގައި ޖެހީ މާކޯ އަސެންސިއޯ އެވެ.
ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް އާއި ސިޓީގެ ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގް ސިޓީގެ ދަނޑުގައި އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. އެހެންވެ ރޭގެ މެޗަށް ރެއާލް ކޯޗު ކާލޯ އަންޗެލޮޓީ ނެރުނީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިންނެވެ.
އަށް ބަދަލު ފެނުނު ރެއާލް ޓީމުގެ ފުރަތަމަ 11 އިން ރޭ ވަނީ އެޑެން ހަޒާޑަށް ފުރުސަތުދީފަ އެވެ. ރޭގެ މެޗަކީ ލީގުގެ ފުރަތަމަ 11 ގައި ހިމެނިގެން ހަޒާޑް މި ސީޒަނުގައި ކުޅުނު ދެ ވަނަ މެޗެވެ. ރެއާލްގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން ވިނީޝިއަސް ޖޫނިއާ އާއި ޓޯނީ ކްރޫސް އަދި ލޫކާ މޮޑްރިޗް ކުޅެން އެރީ ބެންޗުންނެވެ.
މިއާ އެކު ރެއާލް އޮތީ 34 މެޗުން ލިބުނު 71 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެފައިބވާ އެތުލެޓިކޯ މެޑްރިޑުން މިރޭ އެލްޗޭ ބަލިކޮށްގެން އެޓީަމށް އަލުން ދެވަނަ ލިބޭނެ އެވެ.
މިހާތަނަށް ކުޅުނު 33 މެޗުން 82 ޕޮއިންޓް ހޯދައިގެން ލީގު އެއްވަނައިގައި އޮތް ބާސެލޯނާ މިރޭ އެސްޕަންޔޯލް ބަލިކޮށްގެން ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ.
ރެއާލް އަތުން ބަލިވެ ގެޓާފޭ އޮތީ 34 ޕޮއިންޓާ އެކު ރެލިގޭޝަން ޒޯންގަ އެވެ. އެޓީމު 18 ވަނައިގައި އޮތްއިރު ފަހަތުގައި އޮތީ އެސްޕަންޔޯލާއި އެލްޗޭ އެވެ.
ލީގުގެ ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރޭ ޖިރޯނާއާ ވާދަކޮށް 2-2 އިން އެއްވަރުވެފަ އެވެ. އޮސަސޫނާ އިން 1-3 އިން އަލްމޭރިއާ ބަލިކުރި އެވެ. ވިޔަރެއާލް ވަނީ އެތުލެޓިކް ބިލްބާއޯ 1-5 އިން ބަލިކޮށްފަ އެވެ.
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ
ރެއާލް ކިބައިން ބަދަލު ހިފައި ސިޓީ ފައިނަލަށް
ރެއާލް މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައި: ގާޑިއޯލާ
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި
"ސިޓީ ނުކުންނާނީ ރެއާލް ކިބައިން ބަދަލުހިފާކަށް ނޫން"