11 މެއި 2023
ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ކޯޗު ކޮށްދެމުން އަންނަ ސްޕޯޓިން ލަންޑަން ގޮވައިގެން ތާރީހީ ފައިނަލަކަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ކޯޗު ކޮށްދެމުން އަންނަ ސްޕޯޓިން ލަންޑަން ގޮވައިގެން ތާރީހީ ފައިނަލަކަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.
ސްޕޯޓިން ލަންޑަނާ އެކު އަންނަ ހޮނިހިރު ދުވަހު އަލީ ވަހީދު ނުކުންނާނީ ވިމްބެލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް ފައިނަލަށެވެ. އެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ސެމީ ފައިނަލްގައި ފަހަތުން އަރައި ވިމްބެލްޑަން ސެއިންޓްސް ބަލިކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ ފައިނަލަކީ ވިމްބެލްޑަންގެ ޑިސްޓްރިކްޓް ލީގުގެ 125 އަހަރުވީ މުބާރާތެއްގެ ފައިނަލެކެވެ. ފައިނަލްގައި އަލީ ވަހީދުގެ ޓީމު ނުކުންނާނީ ރޭނެސް ޕާކް ޔުނައިޓެޑާ ދެކޮޅަށް ކާޝަލްޓަން އެތުލެޓިކް ސްޓޭޑިއަމްގަ އެވެ. މެޗު ކުޅޭނީ ރާއްޖޭގެ ގަޑިން ހަވީރު 5:30 އިގަ އެވެ.
"ކޯޗިން ކެރިއަރުގެ ތާރީހީ ފައިނަލް އަންނަ ހޮނިހިރު ދުވަހު ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމްގައި،" ވޭތުވެދިޔަ އަހަރެއްހާ ދުވަހު ސިޔާސީ ޕޯސްޓުތައް މަދުކޮށް، މުޅިން ވެސް ފުޓުބޯޅައިގެ މަސައްކަތްތައް ހިއްސާ ކުރަމުން އަންނަ އަލީ ވަހީދުގެ ޓްވިޓާގައި ވެ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖެ އިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ އަލީ ވަހީދު ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗުކަމާ ހަވާލުވީ ޖުލައި 2021 އިގަ އެވެ.
އޭނާގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން ލަންޑަން ވަނީ މީގެ ކުރިން ޑިސްޓްރިކްޓް ލެވަލްގެ ދެ މުބާރާތެއްގެ ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ. އަލީ ވަހީދު ވަނީ މިދިޔަ އަހަރު އޮތް ރައުލް ޑެބުންސަން ކަޕްގެ ޗެމްޕިއަަންކަން ސްޕޯޓިން ލަންޑަނަށް ހޯދައިދީފަ އެވެ.
އަލީ ވަހީދަކީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން ވެސް ފުޓުބޯޅައާ ގާތް ބޭފުޅެކެވެ. ކުޅިވަރުގެ އާންމު ނަމުން ނަމަ "ބަލަކް"، ސްކޫލް ދައުރުން ފެށިގެން ފުޓްބޯޅައިގެ ތެރޭގައި އުޅުމަށް ފަހު، ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން ވަނީ ނިއު ރޭޑިއަންޓްގެ މެނޭޖަރެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތް ކޮށްފަ އެވެ.
ސިޔާސީ ދާއިރާގައި އުޅެމުން އަލީ ވަހީދު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން އަދާކުރުމުގެ އިތުރުން ނިއު ރޭޑިއަންޓްގެ ޗެއާމަންގެ މަގާމުގައި ކާމިޔާބު ހަތަރު އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި "ސިޔާސީ ކުށްވެރިއެއް" ގެ ގޮތުގައި އިނގިރޭސި ވިލާތަށް އަމިއްލަ އަށް އަރުވާލެވިގެން ހުރި ދުވަސްވަރު އިނގިރޭސި އެފްއޭގެ ކޯޗިން ލައިސަންސެއް އަލީ ވަހީދު ހޯދި އެވެ. މިހާތަނަށް އޭނާ ވަނީ އިނގިރޭސި ފުޓުބޯޅަ ކޯޗިންގެ ފަސް ލެވެލްގެ ތެރެއިން ދެ ލެވެލް ހާސިލް ކޮށްފަ އެވެ. އޭނާ މިހާރު އަންނަނީ އިނގިރޭސި ވިލާތުން ޔުއެފާ ބީ ލައިސަންސް ހާސިލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލީ ވަހީދުގެ ލަންޑަން ކުލަބަށް ތާރީހީ ކާމިޔާބެއް
ލަންޑަނުގެ ޑިސްޓްރިކް ލީގު ޓީމެއްގެ ކޯޗަކަށް ބަލަކް
ޔޫކޭ ހަމަނުޖެހުންތަކާ ހެދި ދިވެހިން ސަމާލުވާން އެދިއްޖެ
އަލީ ވަހީދު ބަންދުކުރި މައްސަލާގައި ޔޫކޭއިން ބަދަލުދެނީ
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ
އަލީ ހައްޔަރުކޮށްގެން ގެނައުމުގެ މަސައްކަތް ފަށައިފި
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ