08 މެއި 2023
ޗާގޯސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސިޔާސަތު 2010 ވަނަ އަހަރު ބަދަލުކުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށާއި ރާއްޖެ މިނިވަންވީންސުރެ ސިޔާސަތަކީ މޮރިޝަސް އަށް ޗާގޯސް ލިބުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސިޔާސަތު 2010 ވަނަ އަހަރު ބަދަލުކުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށާއި ރާއްޖެ މިނިވަންވީންސުރެ ސިޔާސަތަކީ މޮރިޝަސް އަށް ޗާގޯސް ލިބުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަނޑައަޅައި މައްސަލަ ނިންމުމުން އެއީ ރާއްޖޭން ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމަށް މިކަމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތަކުން ދަނީ ބުނަމުންނެވެ.
މިކަމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ބައެއް ބަންޑާރަ ނައިބުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ މޮރިޝަސް އިން ރާއްޖެއާ ވާހަކަ ދައްކަން ފުރަތަމަ ހުށަހެޅީ 2001 ގައި ކަމަށާއި އެކަމަކު ރާއްޖޭން މޮރިޝަސްއާ ވާހަކަ ދައްކަން ދެކޮޅު ހެދީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލަ ނުނިމެނީސް މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފައި ކަމަށެވެ.
ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުން: ޑރ. ޝަހީދު
އާޒިމާ ވިދާޅުވީ އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ޕޮޒިޝަން ކަމަށާއި މިހާތަނަށް ވެސް ދަމަހައްޓަމުން އައީ އެ ސިޔާސަތު ކަމަށެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރަކީ ކޮންޓެސްޓެޑް އެއްޗެކޭ. އެހެންވެ އެ ކޮންޓެސްޓް އެހެން އޮތްހާ ދުވަހަކު އަޅުގަނޑުމެން މޮރިޝަސްއާ ވާހަކަ ނުދައްކާނަމޭ. އެއީ ދައުލަތުގެ ފޮރިން ޚާރިޖީ ސިޔާސަތަކީ. އޭރުން ފެށިގެން ގޮސް 2010 އާ ހަމައަށް މި ޕޮޒިޝަން ނަގައިގެން އަޅުގަނޑުމެން ތިބީ،" އާޒިމާ ވިދާޅުވި އެވެ.
އެކަމަކު އޭރު ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޝަހީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ 2010 ގައި ރާއްޖޭގެ ސިޔާސަތު މިކަމުގައި ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުން ކަމަށެވެ.
ޝަހީދު ވިދާޅުވި ގޮތުގައި 1986، 1983، 1997، 2002 އަދި އެހެން ފަހަރުތަކުގައި ވެސް ދެމެހެއްޓީ އެ ސިޔާސަތު ކަމަށެވެ.
އިމުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަހީދުގެ ޓްވީޓާ ގުޅިގެން، އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވަނީ އާޒިމާ ދެއްކެވި ވާހަކައަށް ބާރު ލިބޭ ގޮތަށް، މޮރިޝަސް އިން އިޓްލޮސް އަށް ހުށަހެޅި ލިޔުމެއް ޓްވީޓް ކުރައްވައިފަ އެވެ. އެކަމަކު ޝަހީދު ވިދާޅުވީ އެއީ މޮރިޝަސް ސަރުކާރުން އެކަމުގައި ދެކޭ ގޮތް ބަޔާންކޮށް މޮރިޝަސް ސަރުކާރުން ހަދާފައި އޮތް ލިޔުމެއް ކަމަށެވެ. މިކަމުގައި މޮރިޝަސް އިން މާނަކުރާ ގޮތާއި އިނގިރޭސި ވިލާތުން މާނަކުރާ ގޮތް ތަފާތުކަން އެނގޭ ލިޔުންތައް ވެސް ފެންނަން ހުންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭން ސިޔާސަތު ބަދަލުކުރީ އޮކްޓޫބަރު 21، 2010 ގައި ރާއްޖޭގެ މޮރިޝަސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި މިކަން ފާހަގަވެގެން އޭނާގެ ބަންޑާރަ ނައިބުކަމުގައި އެކަން ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް ވެސް ހުށަހަޅުއްވާފައި އޮންނާނެ ކަމަށެވެ
"ދެހާސް ދިހައެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މި އޮންނަނީ މޮރިޝަސް އަށް ހުށަހަޅުއްވާފައި މި ދޭތެރޭގައި ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން ވާހަކަ ދައްކަން. އެއީ ރާއްޖޭން އެންމެ ފުރަތަމަ މޮރިޝަސް އަށް މިތަނުގެ ކްލެއިމްއެއް އޮތް ކަމަށް ގަބޫލުކުރި ކުރުން. އެހާ ހިސާބަށް އެއްވެސް ސަރުކާރެއްގައި އެ ޕޮޒިޝަން ނަގައިފައެއް ނޯންނާނެ. މޮރިޝަސް އަށް ލެޖިޓިމޭޓް ކްލެއިމްއެއް މި ސަރަހައްދަށް އޮތް ކަމަށް ވެސް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.
އިމުގެ ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން މޮރިޝަސްއާ ވާހަކަ ދައްކަން ނުޖެހޭ ކަމަށް ރާއްޖޭން ގެންގުޅުނު ސިޔާސަތު 2010 ގައި ބަދަލުކުރީ ކަމަށް އާޒިމާ ވިދާޅުވިޔަސް އިޓްލޮސްގައި މި ފަހަރު ވެސް ރާއްޖޭން ބުނަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ.
އެކަމަކު އިޓްލޮސް އިން ނިންމީ ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރެފައި ވާތީ ރާއްޖޭގެ މި ދިފާއު ބަލައިނުގަނެވޭނެ ކަމަށެވެ. ޗާގޮސް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތަށް ރާއްޖޭން އދ. ގައި ދެކޮޅު ހަދަމުން އައި ނަމަވެސް ދެން ވޯޓު ދޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ސިޓީފުޅެއް ފޮނުއްވީ ވެސް މިގޮތަށް އިޓްލޮސް އިން ނިންމައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމުންނެވެ.
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ
އިމުގެ މައްސަލަ: ރާއްޖޭގެ ކާމިޔާބަށް ޝަހީދުގެ ތައުރީފު
އިމުގެ މައްސަލަ: ސްޓޭންޑް ރަނގަޅުތޯ ބަލަން ގޮވާލައިފި
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
ކަނޑު ހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެެދާނެ!
މޮރިޝަސް ސިޓީ ލީކުވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކަ ނެތް
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް