Roadha Mihaaru
ވިއްސާރާގައި އައްޑޫގެ 65 ގެެއަކަށް ގެއްލުން

ވިއްސާރާގައި އައްޑޫގެ 65 ގެެއަކަށް ގެއްލުން

06 މެއި 2023

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑު އަށް ލިބޭ ގެއްލުންތައް އިތުރު ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑު އަށް ލިބޭ ގެއްލުންތައް އިތުރު ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.

މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މިދިޔަ ތިން ދުވަހަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އެންމެ އާބާދީ ބޮޑު ހިތަދޫގެ އިތުރުން ފޭދޫގެ ގެތަކަށް ކަމަށެވެ.

ފޭދޫން 58 ގެއަކަށް ހިތަދޫން ހަތް ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށް އޭނާ ވިދާޅުވި އެވެ. ފޭދޫގެ 128 ގެއަކަށް އަދި ހިތަދޫގެ 28 ގެއަކަށް ފެން ވަދެފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި މަރަދޫން ފަސް ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. ހުޅުދޫން ފެން ވަދެފައި ވަނީ ސ. އަތޮޅު މަދަރުސާ އަށެވެ.

މޭޔަރު ވިދާޅުވީ، ގެތަކަށް ވެފައިވާ ގެއްލުންތަކުގެ ރިޕޯޓް އޮންނަ އުސޫލުގެ މަތިން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރަށް ފޮނުވަމުން އަންނަ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ރަށެއްގެ ގެއަކަށް ފެން ވަންނާތީ ބަސްތާ ޖަހަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ރަށެއްގެ ގެއަކަށް ފެން ވަންނާތީ ބަސްތާ ޖަހަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

"އެއާ އެކު، އެ ގެތަކުގައި މީހުން ދިރިއުޅެވޭނެ ވަރު ކޮށްދިނުމަށް ކައުންސިލުން ވަގުތީ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުން. ޓިނު ޖަހައި ދިނުން ފަދަ ކަންތައް އެބަ ކުރަން،. ގެއްލުން ލިބޭ ގެތަކަށް ޑިޒާސްޓާ އިން ބަދަލު ވެސް ދޭނެ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބޮޑަށް ގެއްލުންވީ އިއްޔެ އެވެ.

"ކައުންސިލްގެ އިތުރުން އެމެއެންޑީއެފާއި ކައުންސިލާއި ފުލުހުންނާއި އެފްކޮންސްގެ އެހީތެރިކަން ވެސް އެބަ ލިބޭ،" މޭޔަރު ވިދާޅުވި އެވެ.

އެފްކޮންސްއަކީ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ ކުންފުންޏެވެ.ް