Roadha Mihaaru
އައްޑޫގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު 200 އަށް

ވިއްސާރައިގައި ގެއްލުންވި ގެތަކުގެ އަދަދު 200 އަށް އަރާ: އައްޑޫ ސިޓީ ކައުންސިލް

16 އޮކްޓޯބަރ 2019

މި ހަފުތާގެ ކުރީކޮޅު އައްޑު އަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކުގެ އަދަދު 200 އާ ގާތްކުރާނެ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ހަފުތާގެ ކުރީކޮޅު އައްޑު އަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކުގެ އަދަދު 200 އާ ގާތްކުރާނެ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫގެ އެކި އަވަށްތަކުގެ ގޭގެ އަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނާއި ކަރަންޓް ސާމާނުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

ކައުންސިލަރު ޖަމްޝީދާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ފެންބޮޑުވެ، ލިބުނު ގެއްލުންތަކުގެ މައުލޫމާތު އަދިވެސް އެއްކުރަމުން އަންނަ ކަމަށާއި މި ހަފުތާ ނިމުމުގެ ކުރިން އެސެސްމަންޓް ރިޕޯޓް ނިންމައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ފޮނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ގެއްލުންތަކުގެ މައުލޫމާތު އެކި ގެ ތަކުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

"އެ މައުލޫމާތުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ހަފުތާ ނިމުމުގެ ކުރިން އެސެސްމަންޓް ރިޕޯޓް ޑިޒާސްޓާ އަށް ފޮނުވަން،" އޭނާ ވިދާޅުވި އެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތައް ޑިފެންސް މިނިސްޓަރު މާރިޔާ ބައްލަވަނީ.

ވިއްސާރައިގައި ލިބުނު ގެއްލުންތައް ޑިފެންސް މިނިސްޓަރު މާރިޔާ ބައްލަވަނީ.

ވިއްސާރާގައި ލިބުނު ގެއްލުންތައް، މިދިޔަ އާދީއްތަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އައްޑު އަށް ވަޑައިގެން ބައްލަވާފައިވެ އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވީ، ވިއްސާރައިގެ އެސެސްމަންޓް ރިޕޯޓް ލިބުމާ އެކު، އެ އަށް ރިއާޔަތްކޮށް ގެއްލުން ލިބުނު މީހުންނަށް ދޭން ޖެހޭ އެހީ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.