Roadha Mihaaru
ވަގު ނޫޓު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ވަގު ނޫޓު ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

05 މެއި 2023

ވަގު ނޫޓު ގެންގުޅުނު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވަގު ނޫޓު ގެންގުޅުނު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ތ. ތިމަރަފުށީ މީހެއް ކަމަށްވާ އަބްދުﷲ އަޝްރަފު، 38، ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް އިތުރުކޮށް މިއަދު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ އަކީ އެކި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ކޯޓު އަމުރުގައި ވަނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ މައްޗަށް ކޮށްފައިވާ، ވަގު ނޫޓު ގެންގުޅުމުގެ ކުށާ ގުޅިގެން ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އެހެންވެ މިއީ ގާނޫނުގައި ބުނާ ގޮތަށް، މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ވަނީ ނިންމައިފަ އެވެ.

ސައްހަ ނޫން އެމެރިކާ ޑޮލަރު ވިއްކަން ސޯޝަލް މީޑިއާގައި މި ދުވަސްވަރު ދަނީ ބަޔަކު އިސްތިހާރުކުރަމުންނެވެ. ޓެލެގްރާމް ގްރޫޕްތައް ހަދައިގެން މި ވިޔަފާރިކުރާ މީހުން އިސްތިހާރުތަކުގައި ބުނެފައި ހުންނަ ގޮތުގައި އެއީ ފެންވަރު ރަނގަޅު އަދި އޭޓީއެމްތަކުން ވެސް ސައްހަ ނޫންކަން ނޭނގި ޖަމާކުރެވޭ ފެންވަރަށް ހަދާފައި ހުންނަ ޑޮލަރެވެ. އެކަމަކު މި ހައްޔަރުކުރި މީހާ އަކީ މިފަދަ ކަމަކާ ގުޅުން ހުރި މީހެއް ކަމެއް ނޭނގެ އެވެ.

ފުލުހުން ވެސް މިކަމާ ބެހޭ ތަފްސީލެއް އަދި ނުދެ އެވެ.