Roadha Mihaaru
ވަގު ޑޮލަރުގެ ވިޔަފާރި ފުޅާކޮށް ކުރާ ބަޔަކު ހައްޔަރު

ފުޅާދާއިރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރިކުރި ދެ މީހަކު އަތުލައިގެންފި

24 ނޮވެމްބަރ 2022

ފުޅާދާއިރާއެއްގައި ވަގު ޑޮލަރުގެ މުއާމަލާތްތައް ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުޅާދާއިރާއެއްގައި ވަގު ޑޮލަރުގެ މުއާމަލާތްތައް ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ހައްޔަރުކުރީ ދެ ދިވެހިން ކަމަށެވެ. އެއީ އުމުރުން 23 އަަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ.

އެ މީހުންގެ ތަހުގީގަށް ފަސް ދުވަހު ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން އަމުރު ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުޅާދާއިރާއެއްގައި ސައްހަ ނޫން ޑޮލަރު ވިއްކުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ ފެންމަތިވަމުންނެވެ.