05 މެއި 2023
ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ "ކޭޕާކް ރެސިޑެންސް" ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ މައްސަލަ ތަހްގީގުކޮށް ދިނުމަށް އެދި އާބަންކޯއިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ "ކޭޕާކް ރެސިޑެންސް" ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ މައްސަލަ ތަހްގީގުކޮށް ދިނުމަށް އެދި އާބަންކޯއިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
އާބަންކޯއިން ބުނީ ކޭޕާކް ރެސިޑެންސުން އެޕާޓްމެންޓްތަކެއް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަންބޯ ކުންފުނިން އެ މައްސަލަ އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށެވެ.
"[ކޭޕާކް ރެސިޑެންސުން ސައްހަ ނޫން ގޮތެއްގައި އެޕާޓްމެންޓް ވިއްކި] މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް މިކޯޕަރޭޝަނުން މިއަދު ވަނީ މައްސަލަ ހުށަހަޅާފައި،" އާބަންކޯ އިން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.
އެ ކުންފުނިން ވަނީ ތަހުގީގުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރުންގެ ތެރެއިން އެއް ހިއްސާދާރަކީ ރާއްޖޭގެ ވިޔަފާރިވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އެވެ. އަނެއް ހިއްސާދަރަކީ އެ ޕްރޮޖެކްޓް ހިންގުމުގައި ވެސް މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝަން ސައީދު އެވެ.
އެޕާޓްމަންޓްތައް ވިއްކުމުގައި މި ދެ މީހުން ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން މީހުންނަށް ލަނޑުދިން މައްސަލަ ފެންމަތިވީ މި ހަފުތާ ތެރޭގަ އެވެ.
ހަންބޯ ކުންފުނިން މިދިޔަ އަންގާރަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.
އެޕާޓްމެންޓްތައް ވިއްކީ ހަންބޯގެ މެނޭޖިން ޑައިރެކްޓާ ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަމަށް ހަންބޯގެ ބަޔާނުގައި ބުނެ އެވެ. އަދި ޖައިޝަން ސައީދު އަށް، ހަންބޯއިން ދީފައިވާ ކަމަށް ބުނާ ގަރާރަކުން ލިބޭ ހައިސިއްޔަތު ކަމަށް ބުނެ އެޕާޓްމެންޓް ވިއްކުމަށް ހެދި އެއްބަސްވުންތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ހަންބޯގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައި ވަނީ އޭނާގެ ހައިސިއްޔަތު އޮޅުވާލައިގެން، ކުންފުނީގެ މެނޭޖިން ޑައިރަކެޓަރަކީ އޭނާ ކަމަށް ބުނެ އެވެ.
• ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވޭ.
• ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދު.
• ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާއިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް.
• އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު، އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން.
• ބޭންކް އޮފް މޯލްޑިވްސްގެ ސަމާލުކަމަށް މި މައްސަލަ ގެނައި އިރު، އެ އެކައުންޓް ހުރި ފައިސާ ވަނީ ނަގައިފައި.
• ކުންފުނީގެ އެމްޑީގެ ސަމާލުކަމަށް މި މައްސަލަ އައުމުން މަންޑޭއާ މުއާމަލާތްކުރަން ކުރި މަސައްކަތަށް އޭނާ އެއްބާރުލުން ދީފައެއް ނުވޭ
• އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވޭ.
• އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވޭ
• އަމިއްލަ ބޭނުމަށް ކަސްޓަމަރުންނަށް ގުޅައިގެން ދަރަންޏަށް ފައިސާ ހޯދަން މަސައްކަތްކޮށްފައިވޭ. • އެހެން ކުންފުނިތަކެއް ބޭނުންކޮށްގެން ހަންބޯގެ ނަމުގައި މުއާމަލާތްކޮށްފައިވޭ. އެއީ މަންޑޭ އާއި ޖައިޝަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޯދީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި ހަންބޯ ކުންފުނީގެ ސެކްރެޓަރީ އައިޝަތު ދިފްލީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝީޖިއާ ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް.
.
ކޭޕާކް ޕްރޮޖެކްޓް ނުހުއްޓޭނެ ކަމުގެ ޔަގީންކަން ދީފި
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި