04 މެއި 2023
އަމީނީ މަގުގައި ތާރު އެޅުމަށްޓަކައި އެ މަގު ކޮނުމުގެ މަސައްކަތް ކުރަނިކޮށް ސްޓެލްކޯގެ ކޭބަލަކަށް އަނެއްކާވެސް ގެއްލުންވެ، އެ މަގުގެ ވަކި ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެ އެވެ.
އަމީނީ މަގުގައި ތާރު އެޅުމަށްޓަކައި އެ މަގު ކޮނުމުގެ މަސައްކަތް ކުރަނިކޮށް ސްޓެލްކޯގެ ކޭބަލަކަށް އަނެއްކާވެސް ގެއްލުންވެ، އެ މަގުގެ ވަކި ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ އާރުޑީސީގެ މުވައްޒަފުން މަގު ކޮނުމުގެ ތެރޭގައި ކަރަންޓް ކެނޑުނީ، އަމީނީ މަގު ޝޮޕް އެންޑް ސޭވް ފިހާރަ ހުންނަ ސަރަހައްދުން ކަމަށެވެ.
ސްޓެލްކޯ އިން ފުރަތަމަ ބުނިގޮތުގައި އާ ކޭބަލެއް އަޅައި އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ނިންމަން ދެ ގަޑިއެއް ހާއިރު ވާނެ ކަމަށް އޭރު ބުންޏެވެ.
ކަރަންޓް ކޭބަލް ކެނޑިފައި: ސްޓޭލްކޯއިން ބުނީ ކޭބަލް އަލުން ގުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް
އެކަމަކު ފަހުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ، އާ ކޭބަލެއް ނާޅައި، ގެއްލުންވި ކޭބަލް އަލުން ގުޅުވައިގެން ކަރަންޓް ދެވޭތޯ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ކޭބަލް ޖޮއިންޓެއް ހެދޭތޯ މަސައްކަތް މިހާރު ކުރަމުން ދަނީ. އެހެންވެއްޖިއްޔާ ހިދުމަތް އަލުން ދެވޭލެއް އަވަސް ވާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ހިއްސާ ކޮށްފައިވާ ފޮޓޯގައިވާ ގޮތުން ކޭބަލް ވަނީ މުޅިން ވަނީ ހަލާކުވެފަ އެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތަށް މަގު ކޮންނަނިކޮށް މީގެ ކުރިން ވެސް ވަނީ ކޭބަލް ހަލާކުވެ، ކަރަންޓްގެ ހިދުމަތް ކެނޑިފަ އެވެ. އެކަން ސްޓެލްކޯ އިން ވަނީ އާންމުންގެ ސަމާލުކަމަށް ވެސް ކުރިން ގެނެސްފަ އެވެ.
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ
އަމީނީމަގުގެ ތާރު އަޅާ މެޝިން ހުޅުމާލޭގައި ބަހައްޓައިފި
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
އަމީނީމަގު ހަދާއިރު ހިދުމަތްތަކަށް ބުރޫއަރާ: ސްޓެލްކޯ
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި