04 އެޕްރީލް 2023
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބައެއް ފަހަރު ބުރޫއަރާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބައެއް ފަހަރު ބުރޫއަރާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރަނިކޮށް، ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ބުރުޒު މަގާއި އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ރޭ ދަންވަރު ކަރަންޓް ކެނޑިފައި ވަނިކޮށެވެ. އެ ސަހައްދަށް އަލުން ކަރަންޓް ދިނީ ވަގުތީ ކޭބަލެއް އަޅައިގެންނެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ދިމާވާ އެކި ކަންކަމާ ގުޅިގެން އެ މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކުން ބައެއް ހިދުމަތްތަކަށް ބުރޫ އަރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އަދި މިފަދަ ހާލަތްތަކުގައި ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް އަލުން ހިދުމަތް ދިނުމަށް، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް މި ކުންފުނިން ކުރަމުން ގެންދާނެ އެވެ،" އެ ބަޔާނުގައި ވެ އެވެ.
ސްޓެލްކޯއިން ބުނީ އެދަފަ ކަންކަން ދިމާވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.
ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ބުރުޒުމަގުގެ އިރާއީ ބުކުޝޮޕް ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން އެ ސަރަހައްދަށް ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލް އެޅުމަށްފަހު މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) April 2, 2023
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހަދައި، ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން އެމްއާރުޑީސީއާ ހަވާލުކުރިޔަސް، ތާރު އެޅުން ލަސްވުމުން މިދިޔަ ޖެނުއަރީ މަހު އެކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. އެކަމަކު، އެމްޓީސީސީއާ ހަވާލުކުރީ ހަމައެކަނި ދަރުބާރުގެއާ ހިސާބުން ފެށިގެން ސްޓެލްކޯއާ އިމާރާތާ ހަމައަށް ތާރު އެޅުމަށެވެ.
މީގެ ދުވަސްތަކެއް ކުރިން އަމީނީ މަގުގެ އެއްބައިގައި ތާރު އަޅައި ނިންމިއަސް، އެ މަގު ނުހުޅުވައި ދިގު ލައިގެން ދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މަގު ހެދުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ވަނީ އަމީނީ މަގުގެ އެއްބައި ބަންދުކޮށްފަ އެވެ.
ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު އެ މަސައްކަތް ހަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުން ނަމަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ މަހަށް ކަމަށެވެ.
އަމީނީމަގުގެ ކޭބަލަކަށް ގެއްލުންވެ، ކަރަންޓް ކެނޑިއްޖެ
ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
މާލެ އާއި ގުޅިފަޅު އެއް ކަރަންޓު ވިއުގައަކުން ގުޅާލަނީ
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯގެ "ސްކާޑާ" އިން އަވަސް ހައްލާއި ފަސޭހަކަން
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ސްޓެލްކޯ އިން ވެސް ސްމާޓް މީޓަރު ހަރުކުރަނީ