02 މެއި 2023
އައިޖީއެމްއެޗުގައި އުމުރުން ދުވަސްވީ އަންހެނަކަށް ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން އޭނާގެ އިނގިލަތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިކުރުމުން އެކަން ހިނގި ގޮތް ބަލަން އެ ހޮސްޕިޓަލުން ފަށައިފި އެވެ.
އައިޖީއެމްއެޗުގައި އުމުރުން ދުވަސްވީ އަންހެނަކަށް ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން އޭނާގެ އިނގިލަތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިކުރުމުން އެކަން ހިނގި ގޮތް ބަލަން އެ ހޮސްޕިޓަލުން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި 85 އަހަރުގެ ބަލި މީހެއްގެ އަތުގެ އިނގިލިތަކެއް ބުރިކޮށްލަން ޖެހުނީ އެތަނުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލަން މިހާރު ފަށާފައިވާ ކަމަށެވެ.
"...ބަލި މީހާއަށް ފަރުވާދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ ހޮސްޕިޓަލުގައި އެކުލަވާލާފައިވާ މިފަދަ މައްސަލަތައް ބަލާ ކޮމެޓީން ދަނީ ތަހުގީގު ކުރަމުންނެވެ،" އެ ނޫސްބަޔާނުގައި ބުންޏެވެ.
އެ ކޮމެޓީގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަށް ފަރުވާދެމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު ވަނީ ނިޔާވެފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައި ފޮޓޯތަކުން ފެންނަ ގޮތުގައި، އޭނާގެ އަތުގެ ބޮޑުވައި އިނގިލި ފިޔަވައި އެހެން ހުރިހާ އިނގިއްޔެއް ހުރީ ބުރިކޮށް، ފަހައިފަ އެވެ.
މެޑިކަލް ލިޔުންތަކުގައި ހުރީ އެ މީހާ ސެޕްސިސް އަށް ޑައިގްނޮސް ކޮށްފަ އެވެ. އެއީ އެކި ސަބަބުތަކާ ހެދި ކުރިމަތިވާ ޢިންފެކްޝަންތަކުން ދިމާވާ ކަމެކެވެ. ވައިރަލް އިންފެކްޝަންތަކާއި ކޮވިޑްގެ ސަބަބުން ވެސް ސެޕްސިސް ޖެހެ އެވެ. މިކަން ދިމާވި މީހާ ކޮވިޑަށް ވެސް ޕޮޒިޓިވް އެވެ. ސެޕްސިސް އަކީ ފަރުވާ ލަސް ވެއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ކަމެކެވެ.
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ
ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު
4 ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހި، ދަރިފުޅާއެކު މަރު
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ކޮވިޑްގައި މިއަދުގެ މިހާތަނަށް 6 މަރު