މިނިއާޕޮލިސް (އޭޕްރީލް 29) - އެމެރިކާގެ ބޮޑު ސިޓީއެއްގައި ލައުްޑްސްޕީކަރު މެދުވެރިކޮށް، ބަންގި ގޮވުމުގެ ހުއްދަ ދީފި އެވެ.
މިނިއާޕޮލިސް (އޭޕްރީލް 29) - އެމެރިކާގެ ބޮޑު ސިޓީއެއްގައި ލައުްޑްސްޕީކަރު މެދުވެރިކޮށް، ބަންގި ގޮވުމުގެ ހުއްދަ ދީފި އެވެ.
މިދިޔަ ރޯދަމަހު، މިނިއާޕޮލިސްގެ ސިޓީ ކައުންސިލްގެ މެމްބަރުން ނިންމީ، އެ ސިޓީގެ މިސްކިތްތަކުގައި ފަސް ވަގުތުގައި ވެސް ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުމުގެ ހުއްދަ ދިނުމަށެވެ. އެއީ އެމެރިކާގެ މައި ސިޓީއެއްގައި އެ ކަމަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
އަޑުހަރުކޮށް ބަންގި ގޮވުމުގެ ހުއްދަ މިދިޔަ އަހަރު ވެސް އެ ކައުންސިލުން ދިނެވެ. އެކަމަކު އޭރު އޮތީ ހެނދުނު 7 އިން ރޭގަނޑު 10 އަކާ ދެމެދު އެކަނި ލައުޑްސްޕީކަރު ބޭނުން ކުރެވޭ ގޮތަށެވެ. އެހެންވެ، ފަތިސް ނަމާދާއި އިޝާނަމާދު އަޑުގަދަކުރާ އިން ގޮވުމުގެ ހުއްދައެއް މީގެ ކުރިން ދީފައެއް ނުވެ އެވެ.
ސިޓީ ކައުންސިލް މެމްބަރުންގެ އިއްތިފާގުން ފާސްކުރި އާ ނިންމުމާ އެކު އެކަން ބަދަލުވާނެ އެވެ. އެމެރިކާގެ މުސްލިމް ގުޅުންތަކާ ބެހޭ ޖަމިއްޔާގެ މިނިއާޕޮލިސް ގޮފީގެ ފަރާތުން ވަނީ ސިޓީ ކައުންސިލްގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
"ނަމޫނާ ދެއްކީތީ ސިޓީ ކައުންސިލްގެ މެންބަރުންނަށް އަހަރެމެން ޝުކުރު އަދާކުރަން. އެހެން ސިޓީތަކުގެ ކައުންސިލްތަކަށް ވެސް އަހަރެމެން އިލްތިމާސް ކުރަން މި ނަމޫނާ ބަލައިގަތުމަށް،" އެމެރިކާގެ މުސްލިމު ރިލޭޝަން މިނިއާޕޮލިސްގެ ޑައިރެކްޓަރު ޖައިލާނީ ހުސައިން ވިދާޅުވި އެވެ.
އެ ސިޓީގެ މިސްކިތެއް ކަމަށްވާ "ނޫރު މިސްކިތުގެ" އިމާމު މުހައްމަދު ޑުކްލީ ވިދާޅުވީ، މިނިއާޕޮލިސް އަކީ މިހާރު އެންމެންގެ ސިޓީއެއް ކަމަށެވެ.
މީގެ 35 ވަރަކަށް އަހަރު ކުރިން ފެށިގެން މިނިއާޕޮލިސްގައި މުސްލިމުންގެ އާބަދީ އަންނަނީ ބޮޑު ވަމުންނެވެ. އެގޮތުން 1990 އިން ފެށިގެން ހިޖުރަކުރާ މީހުން އިތުރުވުމުން މުސްލިމުންގެ އާބަދީ ބޮޑުވަމުން ދިޔަ އެވެ.
އިތުރު ދަރުމަ އާއި ސަވާބު ހޯދުމަށް ދަމުނަމާދުކުރަންޖެހޭ
ރޯދަމަހު މިސްކިތްތަކަށް ދިޔަ އެންމެން ކޮބާ؟
މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-3
މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-2
އަންހެނުން ނަމާދު ކުރުން އެންމެ ރަނގަޅީ ގޭގައިތަ؟
އަޅުކަންތަކުގައި މީހުން ފޫހިނުކުރުމުގެ މުހިންމުކަން
ލަންދޫ ދަރިވަރުން މިހާރު ނަމާދުކުރާނީ ޖަމާއަތުގައި
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް
ވުލޫގެ ހިކުމަތާއި މުހިންމުކަން
އެމެރިކާގެ މަޝްހޫރު ފާދިރީއަކު އިސްލާމް ވެއްޖެ