28 އެޕްރީލް 2023
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 8-0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށް މާޒިޔާ ސްޕޯތްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 8-0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށް މާޒިޔާ ސްޕޯތްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލަށް ދަތުރު ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރެއަށް ތާވަލް ކޮށްފައިވާ ފައިނަލް މެޗުގައި މާޒިޔާ ނުކުންނާނީ މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބް ބަލިކުރި ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
މާޒިޔާ އާއި އީގަލްސް އަކީ މި އަހަރުގެ ސީޒަނަށް ދުރާލާ އެންމެ ރަނގަޅަށް ތައްޔާރުވި ދެ ޓީމެވެ. ޕްރެޒިޑެންޓްސް ކަޕް ގައި ވާދަކުރި އަނެއް ހަތަރު ޓީމް ފަރިތަކުރުންތައް ފަށާފައި ވަނީ މުބާރާތް ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށެވެ.
މާޒިޔާ ވަނީ މި އަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް އީގަލްސް އާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު މާޒިޔާ ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެފަދަ ދެވަނައެއް ނެތް ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މި ސީޒަންގައި ސަސް އަށް ކުޅޭތީ ހުރިހާ ޓީމަކުން ވެސް އެޓީމާ މެދު ސަމާލު ވެއެވެ. އަޝްފާގްގެ ލީޑާޝިޕާއި އޭނާ ދަނޑުމަތީގައި ހުރުމުން ޓީމަށް ލިބޭ ހިތްވަރު އެޓީމުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ވެސް އައީ ފާހަގަ ކުރަމުންނެވެ.
އެހެން ނަމަވެސް މި މުހިއްމު މެޗަށް ސަސް ކުރިމަތިލީ މުބާރާތުގެ ދެވަނަ މެޗުގައި ލިބުނު އަނިޔާއިން ސަލާމަތް ނުވާތީ އަޝްފާގު ނުހިމަނައެވެ. މީގެ އިތުރުން އެޓީމުގެ ގޯލު ބަލަހައްޓަމުން އައި ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އަށް އެ މެޗުގައި ރަތް ކާޑު ދައްކާފައި ވާތީ އޭނާ ހުރީ މި މެޗަށް ސަސްޕެންޑް ވެފަ އެވެ. ޔޫސުފްގެ ބަދަލުގައި މި މެޗުގައި ސަސްގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އަބްދުﷲ ޒިމާމް އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާ އެކު ފުރިހަމަ ތައްޔާރީތަކެއް ވެގެން ސީޒަނާ ކުރިމަތިލި މާޒިޔާ އަށް މި ސީޒަނުގައި އެންމެ ބޭނުންވާ ފެންވަރުގައި ނުކުޅެވޭ ކަމަށް އެޓީމުގެ ކޯޗު އިވާން ވެންކޯފް ފާހަގަ ކުރެ އެވެ. އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުމުގެ މައްސަލައެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ވަނީ އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބް އަތުން ލަނޑެއް ނުޖެހި ބަލި ވެފަ އެވެ.
ނަމަވެސް މާޒިޔާ ސެމީ ފައިނަލާ ކުރިމަތިލަނީ ޓީމުގެ ގިނަ މައްސަލަތަކެއް ހައްލު ކޮށްގެން ކަމަށް ކޯޗު ވަނީ މެޗުގެ ކުރިން އޮތް ޕްރެސްގައި ހާމަ ކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު މާޒިޔާ ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. މެޗުގެ 38 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ލީޑު ނަގައިދިން އިރު، ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ފާއިތުވި ދެ އަހަރު ވެސް ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މާޒިޔާ އިން މެޗުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 54 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރަސް ޒާސްކިސް އެވެ. ހަތަރުވަނަ ލަނޑު 60 ވަނަ މިނިޓުގައި ހަމްޕު ކާމިޔާބު ކޮށްދިން އިރު، ފަސްވަނަ ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ މިޑްފީލްޑަރު މުހައްމަދު އިރުފާނެވެ.
މާޒިޔާ އިން މެޗުގައި ކާމިޔާބު ކުރި ފަހު ތިން ލަނޑު ވެސް ޖެހީ ފަހު 10 މިނިޓު ތެރޭގަ އެވެ. މެޗުގެ 82 ވަނަ މިނިޓުގައި ސާބިއާގެ ފޯވާޑް ސްޓެފާން މިހައިލޮވިޗް އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނިކޮށް، ހަތްވަނަ ލަނޑު 86 ވަނަ މިނިޓުގައި ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޖަހައިދިނީ، މެޗުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ހަންނަ އެވެ.
ދަގަނޑޭ އަނިޔާގައި، މާޒިޔާއާ ދެކޮޅަށް ނުކުޅޭނެ
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ސަސް ބަލިކޮށް މާޒިޔާ އެއްވަނައިގައި ލީޑު ނަގައިފި