Roadha Mihaaru
ޖޭކް ހާލޯގެ އާ އަލްބަމް "ޖޭކްމަން" ރިލީޒްކޮށްފި

ޖޭކް ހާލޯގެ އާ އަލްބަމް "ޖޭކްމަން" ރިލީޒްކޮށްފި

29 އެޕްރީލް 2023

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޖޭކް ހާލޯގެ އާ އަލްބަމް "ޖޭކްމަން" ރިލީޒްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޖޭކް ހާލޯގެ އާ އަލްބަމް "ޖޭކްމަން" ރިލީޒްކޮށްފި އެވެ.

އިއްޔެ ނެރެނު މި އަލްބަމަކީ މިދިޔަ އަހަރު ނިކުތް އޭނާގެ ދެވަނަ ސްޓޫޑިއޯ އަލްބަމް "ކަމް ހޯމް ދަ ކިޑްސް މިސް ޔޫ" އާ ގުޅުވައިގެން ނެރޭ އަލްބަމެކެވެ.

އޭނާގެ އަސްލު ފުރަތަމަ ނަން، ޖޭކްމަންއާ ގުޅުވައިގެން ނެރުނު މި އަލްބަމުގައި ހިމެނެނީ 10 ޓްރެކެވެ. އަލްބަމްގެ ޖުމްލަ ދިގުމިނަކީ 24 މިނެޓެވެ.

ކުރީ އަލްބަމާ ހިލާފަށް، "ޖޭކްމަން" ގެ ހުރިހާ ލަވައެއް ވެސް ކިޔާފައި ވަނީ ހާލޯ އެކަންޏެވެ. "ކަމް ހޯމް ކިޑްސް މިސް ޔޫ" އަލްބަމްގައި ޑްރޭކް އާއި ޖުސްޓިން ޓިމްބަލޭކް އަދި ލިލްވޭން ފަދަ އާޓިސްޓުން ވަނީ ފީޗާކޮށްފާވާއިރު، އެ އަލްބަމްގެ "ފަސްޓްކްލާސް" އާއި "ޑުއާލިޕާ" ފަދަ ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ގިނަބައެއްގެ މެދުގައި ހާލޯ މަޝްހޫރު ވެފައި ވަނީ 2020 ވަނަ އަހަރު ނެރުނު އޭނާގެ ޑެބިއު ސްޓޫޑިއޯ އަލްބަމް "ދެޓްސް ވަޓް ދޭ އޯލް ސޭ" ގައި ހިމެނޭ "ވަޓްސް ޕޮޕިން" ލަވައިންނެވެ.

"ޖޭކްމަން" އަލްބަމް ރިލީޒްކޮށްފައި މިވަނީ އޭނާގެ އެކްޓިން ޑެބިއުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. އެގޮތުން، ހާލޯގެ ފުރަތަމަ ފިލްމު "ވައިޓް މެން ކާންޓް ޖަމްޕް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ.