27 އެޕްރީލް 2023
ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުން ރާއްޖޭގެ ޒަޔާން ޒަކީ ކަޓައިފި އެވެ.
ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުން ރާއްޖޭގެ ޒަޔާން ޒަކީ ކަޓައިފި އެވެ.
އޭނާ ބަލިވީ ޖޯޑަންގެ ބަހާއުއްދީން އަހުމަދު އަލްޝަނީކް އަތުން 21-11، 21-13 އިން ބަލިވެގެންނެވެ.
ދުނިޔޭގެ ރޭންކިންގެ 330 ވަނައިގައި އޮތް ޒަޔާން ވަނީ ރޭންކިންގެ 102 ވަަނައިގައި އޮތް އަލްޝަނީކަށް ރަނގަޅު ފައިޓެއް ދީފަ އެވެ.
ރޭންކިން އަށް ބަލައިގެން ފުރުސަތުދޭ މި މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ފުރުސަތު ހޯދީ ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ މެޗުގައި ވާދަކުރީ ބުރުނާއީގެ ކާ ކިޓް ކާން އާއެވެ. އޭނާ އަތުން ޒަޔާން މޮޅުވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 21-11 އިން ޒަޔާން ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓު 21-16 އިން ގެންދިޔައީ ކާ ކިޓް ކާން އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓް ޒަޔާން ކާމިޔާބު ކުރީ 21-15 އިންނެވެ.
ދެ ވަނަ މެޗުގައި ޔޫއޭއީގެ މުހައްމަދު ފަލަމަރްޒީއާ ވާދަކޮށް ޒަޔާން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކުރީ 21-5، 21-5 އިންނެވެ.
ޒަޔާން ބުނީ އިތުރަށް ކުރިއަށް ނުދެވި މުބާރާތުން ވަކިވާން ޖެހުނަސް ވަރަށް ގިނަ ޕޮޒިޓިވް ކަންކަން އެބަހުރި ކަމަށާއި ކުރިއަށް އޮތީ އިރާދަކުރެވިއްޔާ ކާމިޔާބު ކަމަށެވެ.
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ޒަޔާން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ކޮމަންވެލްތު ގޭމްސް: ދިދަ އުފުލާނީ ޖުމާނާ އާއި ޒަޔާން
ގައުމީ ޓީމުން އަލުން ޖާގަ ލިބުމަކީ ޝަރަފެއް: ޒަޔާން
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް
ބެޑްމިންޓަން: ސިންގަލްސް ތަށި ޒަޔާނާއި ނަބާހާ އަށް
ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!