26 އެޕްރީލް 2023
ދުބާއީގައި އިއްޔެ ފެށި ބެޑްމިންޓަންގެ އޭޝިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުން ރާއްޖޭގެ ޒަޔާން ޒަކީ ޖާގަ ހޯދައިފި އެވެ.
ދުބާއީގައި އިއްޔެ ފެށި ބެޑްމިންޓަންގެ އޭޝިއާ ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުން ރާއްޖޭގެ ޒަޔާން ޒަކީ ޖާގަ ހޯދައިފި އެވެ.
ރޭންކިން އަށް ބަލައިގެން ފުރުސަތުދޭ މި މުބާރާތުގައި ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭން ވާދަކުރަނީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން އެވެ. އަންހެން ސިންގަލްސް ގައި ވާދަ ކުރީ ފާތިމަތު ނަބާހާ އެވެ. މިކްސްޑް ޑަބަލްސްގައި ޒަޔާން އާއި ނަބާހާ ވާދަ ކުރިއިރު އަންހެން ޑަބަލްސްގައި ވާދަ ކުރަނީ ނަބާހާ އާއި އާމިނަތު ނަބީހާ އެވެ. އަދި ފިރިހެން ޑަބަލްސްގައި ވާދަ ކުރީ މުހައްމަދު އަޖުފާޏް އާއި ނިބާލް އަހުމަދެވެ.
ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުން ޒަޔާން ޖާގަ ހޯދީ، ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ބުރުނާއީގެ ކާ ކިޓް ކާން އާއެވެ. އޭނާ އަތުން ޒަޔާން މޮޅުވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 21-11 އިން ޒަޔާޏް ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓު 21-16 އިން ގެންދިޔައީ ކާ ކިޓް ކާން އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓް ޒަޔާން ކާމިޔާބު ކުރީ 21-15 އިންނެވެ.
ދެ ވަނަ މެޗުގައި ޔޫއޭއީގެ މުހައްމަދު ފަލަމަރްޒީއާ ވާދަކޮށް ޒަޔާން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކުރީ 21-5، 21-5 އިންނެވެ.
ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި ޒަޔާން މިއަދު ނުކުންނާނީ ޖޯޑަންގެ ބަހާއްދީން އަހުމަދު އަލްޝާނިކާ ދެކޮޅަށެވެ. ބަހާއްދީން އަކީ ދުނިޔޭގެ ރޭންކިންގެ 102 ވަނައެވެ. ޒަޔާޏް އޮތީ ދުނިޔޭގެ ރޭންކިންގެ 330 ވަނައިގަ އެވެ.
އަންހެން ސިންގަލްސް ކޮލިފައިންގައި ނަބާހާ ވާދަކުރި ފުރަތަމަ މެޗުން ވަނީ ޒަކްސްތާންގެ ކަމީލާ ސްމަގުލޯވާ އަތުން 17-21، 15-21 އިން ބަލިވެފަ އެވެ. ގުރޫޕްގައި ދެން ހިމެނޭ ކުޅުންތެެރިޔާ މެޗު ދޫކޮށްލުމުން އަނެއް ބުރަށް ދިޔައީ ކަމީލާ އެވެ.
މިކްސްޑް ޑަބަލްސްގައި ޒަޔާން އާއި ނަބާހާ ކުޅުނު މެޗުގައި ވަނީ ލަންކާގެ ޗަމަތު ޑިއާސް އާއި ނަތާޝާ ގުނަސޭކަރާ އާ ވާދަކޮށް ބަލިވެފަ އެވެ. ފޯރި ގަދަ ކުޅުމަކަށް ފަހު ލަންކާގެ ޕެއާ ސެޓްތައް ގެންދިޔައީ 21-19، 23-21 އިންނެވެ. ގުރޫޕުގައި ދެން އޮތް ޕެއާ މެޗް ނުކުޅޭތީ އަނެއް ބުރަށް ދިޔައީ ލަންކާގެ ޕެއާ އެވެ.
ނަބާހާ އާއި ނަބީހާ ވާދަކުރި އަންހެން ޑަބަލްސްގެ ފުރަތަމަ މެޗުގައި ވަނީ އިންޑިއާގެ ސިމްރަން ސިންގް އާއި ރިތިކާ ޓާކަރުގެ ޕެއާ އަތުން 21-10، 21-15 އިން ބަލިވެފަ އެވެ. އަދި ދެ ވަނަ މެޗުގައި 21-12، 21-10 އިން ބަލިވީ ފިލިޕީންސްގެ އަލީސާ ވައިސަބަލް އާއި ތެއާ މާރީ ޕޯމާރްގެ ޕެއާއަތުންނެވެ.
ފިރިހެން ޑަބަލްސްގައި އަޖުފާން އާއި ނިބާލްގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ހޮންގް ކޮންގްގެ ލައު ޗުކް ހިމް އާއި ޔުންގް ޝިން ޓޯއިގެ ޕެއާ އަތުން 21-10، 21-08 އިން ބަލިވިއިރު، ދެވަނަ މެޗުގައި ތައިލެންޑްގެ ތަނަދޯން ފުންފަނިޗާއި ވަޗިރަވިތު ސޮތޯންގެ ޕެއާ އަތުން ބަލިވީ 21-05، 21-04 އިންނެވެ.
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ގަދަ 32 ގެ ބުރުން ޒަޔާން އަށް މުބާރާތް ނިމިއްޖެ
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ކޮމަންވެލްތު ގޭމްސް: ދިދަ އުފުލާނީ ޖުމާނާ އާއި ޒަޔާން
ގައުމީ ޓީމުން އަލުން ޖާގަ ލިބުމަކީ ޝަރަފެއް: ޒަޔާން
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް
ބެޑްމިންޓަން: ސިންގަލްސް ތަށި ޒަޔާނާއި ނަބާހާ އަށް
ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!