19 އެޕްރީލް 2023
އިންޑިއާގެ އެކްޓްރެސް، ޝެހްނާޒް ގިލް ކުޅުނު ޕަންޖާބީ ފިލްމެއްގެ ޕްރިމިއާއަށް އޭނާއަށް ދައުވަތު ނުދޭ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ އެކްޓްރެސް، ޝެހްނާޒް ގިލް ކުޅުނު ޕަންޖާބީ ފިލްމެއްގެ ޕްރިމިއާއަށް އޭނާއަށް ދައުވަތު ނުދޭ ކަމަށް އޭނާ ބުނެފި އެވެ.
ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" އިން ބޮލީވުޑަށް ތައާރަފްވާން ހަމަޖެހިފައިވާ ޝެހެނާޒް ކެރިއަރާ ގުޅޭގޮތުން ދިން އިންޓަވިއެއްގައި އޭނާ ބުނީ، އެ ޕަންޖާބީ ފިލްމުގެ ޕްރިމިއާ އަށް ދައުވަތު ނުދިނުމުން ވަރަށް ދެރަވި ކަމަށެވެ.
ޝެހެނާޒްގެ ކެރިއަރުގައި އެންމެ ހަނދާނުން ފޮހެލަން އުނދަގޫ ކަންތައް ހިއްސާކުރަމުން ކިޔައިދިން ގޮތުގައި، އޭނާ ފިޔަވައި ފިލްމުގައި މަސައްކަތްކުރި ހުރިހާ އެންމެނަށް ޕްރިމިއާއަށް ދައުވަތުދިނެެވެ.
އެއީ ކޮން ފިލްމެއްކަން ހާމަ ނުކުރި ނަމަވެސް، ޝެހެނާޒް ބުނީ ޕްރިމިއާއަށް ދައުވަތު ދިނުމަށް ފަހު ކެންސަލްކުރީ ކަމަށެވެ. އަދި ފިލްމު ބަލަން އޭނާ ގޮސް ތިއޭޓަރުން ނިކުތް ވަގުތު އެކްޓަރުން ފޮޓޯގްރާފަރުންނަށް ޕޯސް ކުރާތަން ފެނުމުން، ކާރުގައި އިނދެ ރޮވުނު ކަމަށް އޭނާ ބުންޏެވެ.
"ޕަންޖާބީ ފިލްމު އިންޑަސްޓްރީން އަހަރެން ވަކިކޮށްލައިފި،" ޝެހެނާޒް ބުންޏެވެ.
ޝެހެނާޒްގެ ޕަންޖާބީ ޑެބިއު ފިލްމަކީ 2017 ވަނަ އަހަރު ނިކުތް "ސާތު ޝްރީ އަކާލް އިންގްލޭންޑް" އެވެ. އޭގެ ފަހުން "ކަލާ ޝާހް ކަލާ" އާއި "ދާކާ" ފަދަ ޕަންޖާބީ ފިލްމުތަކުން އޭނާ ފެނުނެވެ. "ބިގް ބޯސް" ސީޒަން 13 ގައި ވެސް ފެނުނު ޝެހެނާޒް، އެންމެ ފުރަތަމަ މަޝްހޫރުވީ 2015 ވަނަ އަހަރު ރިލީޒްކުރި އޭނާގެ "ޝިވް ދީ ކިތާބު" ލަވައިންނެވެ.
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
"އާރްއާރްއާރް" ގެ ބަތަލް ރާމް ޗަރަން ރާއްޖޭގައި
ވިޖޭއަށް އިންސްޓައިން މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް
ޝާހްރުކް ފަހާލައި އައިއެމްޑީބީގެ އެއްވަނައަށް ރާޝީ
ޕަވަންދީޕާއި އަރުނީތާ ރާއްޖެ އަތުވެއްޖެ
ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި
ޕަވަންދީޕް އާއި އަރުނިތާގެ ޝޯއެއް ހުޅުމާލޭގައި