01 އެޕްރީލް 2023
އައިއެމްޑީބީން ކޮންމެ ހަފްތާއަކު އާންމުކުރާ އެންމެ މަގްބޫލު އިންޑިއާ ސެލެބްރިޓީންގެ ލިސްޓުގެ އެއްވަނަ އަށް، ދެކުނު އިންޑިއާގެ އެކްޓްރެސް، ރާޝީ ކަންނާ އަރައިފި އެވެ.
އައިއެމްޑީބީން ކޮންމެ ހަފްތާއަކު އާންމުކުރާ އެންމެ މަގްބޫލު އިންޑިއާ ސެލެބްރިޓީންގެ ލިސްޓުގެ އެއްވަނަ އަށް، ދެކުނު އިންޑިއާގެ އެކްޓްރެސް، ރާޝީ ކަންނާ އަރައިފި އެވެ.
ރާޝީ އެ ލިސްޓުގެ އެއްވަނަ އަށް ދިޔައީ ބޮލީވުޑްގެ "ރަސްގެފާނު" ޝާހްރުކް ހާން ފަހާލައިފަ އެވެ.
ތަމަޅަ ބަތަލާ ރާޝީ ކަންނާ
"އެ ވާހަކަ އިވުމުން އަވަހަށް ދުވެފައި ގޮސް ބައްޕައަށް ގުޅީ. ބައްޕައަކަށް ފުރަތަމަ ނޭނގުނު އެއީ ކިހިނެއްވާ ލިސްޓެއްކަމެއް. އަހަރެން ބުނީ އެސްއާރްކޭ (ޝާހްރުކް) ސާ އިނީ އެ ލިސްޓުގެ ދެވަނައިގައޭ. ބައްޕަ ވެސް ދިޔައި ސިއްސައިގެން،" އިންޑިއާގެ ބައެއް ނޫސްތަކަށް ރާޝީ ބުނެފައިވެ އެވެ.
ރާޝީ ފުރަތަމަ ހީކުރީ އެއީ ފޭކު ހަބަރެއް ކަމަށެވެ. އެކަމަކު، ފަހުން އެއީ ޝާހިދު ކަޕޫރާ އެކު އޭނާ އުޅޭ ސީރީޒް "ފާރްޒީ" ގެ މަގްބޫލުކަމާ އެކު ލިބުނު ވަގުތީ ކުރިއެރުމެއްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
"... އެއީ ކިންގް ހާން އަދި އެކަކަށް ވެސް އޭނާ ފަހައި ނުލެވޭނެ. އެއީ މި ޝޯ (ފާރްޒީ) ގެ މަގްބޫލުކަމުން،..މީހުން އަހަރެންގެ ކެރެކްޓާ ދެކެ ގަޔާވާތީ. އެކަމަކު، ހަމަ ވަރަށް އުފާވޭ، އަދި ހެޔޮހިތުން ގަބޫލުކުރަން" ރާޝީ ބުންޏެވެ.
ރާޝީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އޭނާ އެއްވަނައިގާ އިން ލިސްޓު ޝެއާކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި އައިއެމްޑީބީ ސެލެބްރިޓީންގެ ލިސްޓުގެ ވާނުވާ އޭނާ ކިޔައިދިނެވެ.
"އައިއެމްޑީބީގެ މި އާ ލިސްޓުގައި ފީޗާކުރާނީ އިންޑިއާގެ މަގްބޫލު ސެލެބްރިޓީން؛ އެކްޓަރުން، ޑައިރެކްޓަރުން، ސިނަމަޓޯގްރަފަރުން، ރައިޓަރުން، އެ ހުރިހާ އެންމެ އެ ލިސްޓުގައި ކަވަކުރާނެ. ލިސްޓުގައި ހިމަނާނީ ކޮންމެ މަހަކު ލިބޭ ޕޭޖު (އައިއެމްޑީބީ ޕޭޖް) ވިއުސް 200 މިލިއަން ފޭނުންނަށް ވުރެ ގިނަ ވުމުން،" ރާޝީގެ އިންސްޓަގްރާމު ޕޯސްޓުގައި ލިޔެެފައިވެ އެވެ.
ރާޝީ އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ ޓެލުގޫ އަދި ތަމިލް ފިލްމުތަކުންނެވެ. އޭނާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތީ ޖޯން އަބްރަހަމް އަދި ނަރްގިސް ފަހުރީއާ އެކު ކުޅުނު "މަޑްރާސް ކެފޭ" ފިލްމުންނެވެ.
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
ޝެހްނާޒްގެ ފިލްމު ޕްރިމިއާގައި ދައުވަތެއް ނުލިބޭ
"އާރްއާރްއާރް" ގެ ބަތަލް ރާމް ޗަރަން ރާއްޖޭގައި
ވިޖޭއަށް އިންސްޓައިން މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް
ޕަވަންދީޕާއި އަރުނީތާ ރާއްޖެ އަތުވެއްޖެ
ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި
ޕަވަންދީޕް އާއި އަރުނިތާގެ ޝޯއެއް ހުޅުމާލޭގައި