Roadha Mihaaru
ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

ހުޅުމާލޭގައި ބާއްވާ ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

19 ފެބުރުއަރީ 2023

އިންޑިއަން އައިޑަލް އިން ވިދާލި ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް، ރާއްޖޭގައި ޕާފޯމް ކުރާ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއަން އައިޑަލް އިން ވިދާލި ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް، ރާއްޖޭގައި ޕާފޯމް ކުރާ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

"އިންޑިއަން އައިޑަލް" ސީޒަން 12 ކާމިޔާބުކުރި ޕަވަންދީޕް އާއި އެ ޝޯގެ ފަސްޓް ރަނާއަޕް އަރުނިތާގެ ޝޯ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު، ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

"ޓުއާނިވަލް" އިން އިންތިޒާމްކޮށްގެން، "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ އެ ޝޯގެ އާއްމު ޓިކެޓެއް 80ރ. ހުރި އިރު، ފަސްޓް ކްލާސް ޓިކެޓެއް ލިބެނީ 150ރ. އަށެވެ.

ވީއައިޕީގައި ޝޯ ބަލާލަން ބޭނުންވާ މީހުންނަށް، އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު، އެ ޓިކެޓު ހުރީ ވަރަށް މަދުން އަދަދަކަށް ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ. ވީއައިޕީ ޓިކެޓެއްގެ އަގަކީ 500ރ. އެވެ.

ޝޯ ބަލާލަން ޝައުގުވެރިވާ ނަމަ 7376060، 9238088 ނުވަތަ 9238090 އަށް ގުޅައިގެން ނުވަތަ ވަޓްސް އެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

ރޭގަނޑު 8:00 ޖަހާއިރު ފަށާ ޝޯ، ހަތަރު ގަޑި އިރަށް ކުރިއަށް ދާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ. ޝޯ ކުރިއަށް ދާ ވަގުތު ސްޓޯލްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ޕަވަންދީޕާއި އަރުނީތާގެ ހުށަހެޅުންްތަކުގެ އިތުރުން މަގްބޫލު ދިވެހި ލަވަކިޔުންތެރިން ކަމަށްވާ ރާފިޔަތު ރަމީޒާ އަދި ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތައް ވެސް އެ ޝޯ އިން ފެންނާނެ އެވެ.