23 ޖެނުއަރީ 2017
މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި އަދި ރާއްޖޭން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މައްޗަށް ހިނގައްޖެ އެވެ.
މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި އަދި ރާއްޖޭން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މައްޗަށް ހިނގައްޖެ އެވެ.
ކަސްޓަމުން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު ރާއްޖެ އަށް 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 32 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ވެސް އެންމެ ގިނަ އަދަދެއްގެ މުދާ އެތެެރެކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގޮތުން، އެ ގައުމުން އެތެރެ ކުރި މުދަލުގެ ނިސްބަތް 17 ޕަސެންޓްގައި ހުރި އިރު ޗައިނާ އިން އެތެރެ ކުރި މުދަލުގެ ނިސްބަތަކީ 12 ޕަސެންޓެވެ. އަދި ސިންގަޕޫރުން އެތެރެ ކުރި ނިސްބަތަކީ ވެސް 12 ޕަސެންޓެވެ.
އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ، ތަފާސްހިސާބުތަކުގައިވާ ގޮތުން، އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 259 މިލިއަން ރުފިޔާ ލިބުނުއިރު، ޑިސެމްބަރު 2015 ގައި ލިބުނީ 237 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ މިންވަރު ވެސް ވަނީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ 56 ޕަސެންޓް މައްޗަށް ގޮސްފަ އެެވެ. ޑިސެމްބަރު 2015 ގައި 161 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރު ކުރި އިރު، މިދިޔަ މަހު އެ އަދަދު ވަނީ 251.2 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރާއްޖޭން މައިގަނޑު ގޮތެއްގައި ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު ވެސް އޭގެ ތެރޭން ބޮޑު ބައެއް (46 ޕަސެންޓް) ގެންދިޔައީ ތައިލެންޑަށެވެ.
މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 27.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. އާމްދަނީގެ ތެރޭން ބޮޑު ބައެއް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަމަށް ވާއިރު، މިދިޔަ އަހަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި މީރާ އަށް ޖަމާކުރީ ޖުމްލަ 14.5 ބިލިއަން ރުފިޔާ އެވެ.
އިމްޕޯޓް އިތުރު ވިޔަސް އާމްދަނީ މަދުވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
ޖޫންމަހު އެންމެ ގިނައިން އެތެރެކުރީ އިލެކްޓްރިކް ސާމާނު
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ
ނޮވެމްބަރު މަހުގެ އެކްސްޕޯޓާއި އިމްޕޯޓް މައްޗަށް
މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ