13 އެޕްރީލް 2023
އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ތިލަމާލެ ބްރިޖާއި އައްޑޫގެ މަގު ހެދުމުގެ މަސައްކަތްކުރާ އެފްކޮންސްގެ މައި ކުންފުނި ކަމަށްވާ އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެފްކޮންސް ވިއްކާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެއާއެކު، ރާއްޖޭގައި ހިންގާ މަޝްރޫއަށް ވާނެ ގޮތަކާ މެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުންފުނިތަކުގެ މުދާ ގަތުމާއި ވިއްކުމަކީ އާއްމުކޮށް ހިނގާ ކަންތައްތައް ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން ނެންގެވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް، ޓީއެމްއޭ ވިއްކާލުމުގެ މުއާމަލާތްތަކެވެ. އެ ކުންފުނީގެ ހިއްސާތައް ވެސް އެތައް ފަހަރަކު ވިއްކާލިޔަސް އޮޕަރޭޝަން ހުއްޓުމަކަށް ނާންނަ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް، ބްރިޖު ހަދާ ކުންފުނި ވިއްކާލިޔަސް މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށާއި ޝެޑިއުލާ އެއްގޮތަށް މިހާރު ވެސް މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފްކޮންސް ކުންފުނީގެ ޕޭރެންޓު ކުންފުނިން ވިއްކާލަން އުޅޭ ވާހަކަ މީޑިއާތަކުން އަޅުގަނޑުމެންނަށް ވެސް ފެނުނު. ނަމަވެސް އެއީކީ ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން." މިއުވާން ވިދާޅުވި އެވެ.
ނަމަވެސް، މިއުވާން ވިދާޅުވީ އެފްކޮންސް ވިއްކާލުމާ ގުޅޭގޮތުން ރާއްޖެއާ އެކު މުއާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
ތިލަމާލެ ބްރިޖްްގެ މަސައްކަތް ފެނުނީ އަދި ކިރިޔާ!
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ބާކީ 4 ތަނބު، ޑިސެމްބަރަށް ވިލިމާލެއާ ބްރިޖް ގުޅޭނެ
ބްރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ޕްލެޓްފޯމެއް
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ބްރިޖްގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް ފަށައިފި
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
ތިލަމާލެ ބްރިޖުގެ ޓެސްޓް ޕައިލް ފެނުން މައްޗަށް