16 ނޮވެމްބަރ 2022
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ޕައިލް މިހާރު ހުރީ ވަރަށް ރީއްޗަށް، ފެނުން މަތީގައި ފެންނާށެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ޕައިލް މިހާރު ހުރީ ވަރަށް ރީއްޗަށް، ފެނުން މަތީގައި ފެންނާށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މި މަޝްރޫއު ދަށުން، ފުރަތަމަ މެރިން ޓެސްޓް ޕައިލް ހަރުކުރުމުގެ މަސައްކަތް ފެށީ މި މަހު ކުރީކޮޅުގަ އެވެ. އެ ޕައިލްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ މި މަހު ނުވައެއްގަ އެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ ޓެސްޓް ޕައިލެއް: އެ މަސައްކަތް ފެށީ މި މަހު -- ފޮޓޯ: ނިޝާން އަލީ | މިހާރު
މެރިން ޓެސްޓް ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ ދާއިމީ ތަނބުތައް ޖަހަން ފެށޭނެ އެވެ. އޭގެ ކުރިން ކުރަން ޖެހޭ ޕައިލިންގެ މަސައްކަތް މާލެ، ވިލިމާލެ އަދި ތިލަފުށީގައި ހިނގަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ބްރިޖުގެ ތަނބުތަކުގެ ތެރެއިން އެއްގަމުގައި ޖަހާ ފުރަތަމަ ތަނބު ޖެހީ މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ.
ތިލަމާލެ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ކޮޅުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގުޅާލާނީ މާލެ އާއި ވިލިމާލެ އެވެ. އެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި މުޅި ބްރިޖުގެ މަސައްކަތް ނިމޭނީ 2024 ގައި ކަމަށް ބުންޏެވެ.
ތިލަމާލެ ބްރިޖް: ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި https://t.co/x2rm6pe6Zn
— Mihaaru (@Mihaarunews) November 9, 2022
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ބްރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ޕްލެޓްފޯމެއް
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
އެފްކޮންސް ވިއްކާލިޔަސް މަޝްރޫއަށް ބަދަލެއް ނާންނާނެ
ތިލަމާލެ ބްރިޖްްގެ މަސައްކަތް ފެނުނީ އަދި ކިރިޔާ!
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ