04 ޑިސެމްބަރ 2022
އަމީނީ މަގު ހެދުމުގެ މަސައްކަތަށް އެ މަގުގެ އިތުރު ބައެއް ބަންދުކޮށް، އިއްޔެ މަސައްކަތް ފަށައިފި އެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތަށް އެ މަގުގެ އިތުރު ބައެއް ބަންދުކޮށް، އިއްޔެ މަސައްކަތް ފަށައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ އަމީނީ މަގުގެ ސެގްމަންޓް 2 ގެ މަސައްކަތަށް އެ މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން، ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މަގު ބަންދުކޮށްފައިވާ ކަމަށެވެ. އެއީ އަމީނީ މަގުން ކަލާފާނު ސްކޫލުގެ ކަންމަތިން ފެށިގެން ކުޑަކުދިންގެ ބަގީޗާއާ ހަމައަށެވެ.
ބަންދުކުރި ސަރަހައްދަށް ވެހިކަލް ވެއްދުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، އެ މަގު ހަދަން އެންމެ ފުރަތަމަ ބަންދުކުރި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް ވެހިކަލް ވައްދަން ވަނީ ހުއްދަ ދީފައިވެ އެވެ. އެ ތަނުގައި އޮތީ ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފަ އެވެ.
އަމީނީ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އަޅާފައި އަދި ނުވާތީ، އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން އާރްޑީސީން ބުނެފައިވާ ގޮތުގައި، އަމީނީ މަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެ މަގުގައި ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލް ހުންނަ ހިސާބަށް ޕޭވިންގެ މަސައްކަތްތައް ނިމުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން: އާރުޑީސީ https://t.co/sTXSsqS8J4
— Mihaaru (@Mihaarunews) November 22, 2022
ތާރު އަޅަން ނުފެށިޔަސް، ޕޭވިންގެ މަސައްކަތް ނިމޭވަރަކުން އެ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހުގެ ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
އަމީނީމަގު ތާރު އެޅުން: 3 މަސް ވީ، ކުރިއަކަށް ނުދޭ
އަމީނީމަގު: ގަސް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި
އަމީނީމަގު ހެދުމުގެ އެއްބަސްވުން ސިއްރެއްނުވާނެ:ހައިކޯޓް