Roadha Mihaaru
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން މި އަހަރު ވެސް

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ

12 އެޕްރީލް 2023

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އީދު ނަމާދުކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށެވެ. މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކްގަ އެވެ. ވިލިމާލޭގެ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެެ.

އެ މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ސައުންޑް ސިސްޓަމް ހަޖަައްސައިދޭން ބަޔަކު ހޯދަން އިއުލާން ކޮށްފަ އެވެ.

ނަމާދަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން މިނިސްޓްރީން އަބަދުވެސް ހަނދާން ކޮށްދެ އެވެ. އޭގެ ތެރޭގައި ގެއިން ވުލޫއު ކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ އާއި ފެންފުޅި ގެންދިއުމަށް ސަމާލުވުން ހިމެނެ އެވެ. މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 21 އެވެ.