26 އެޕްރީލް 2022
މި އަހަރު މާލޭގައި ފިތުރު ނަމާދު ބޮޑު ޖަމާއަތުގައި ކުުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިން ބުނެފި އެވެ.
މި އަހަރު މާލޭގައި ފިތުރު ނަމާދު ބޮޑު ޖަމާއަތުގައި ކުުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިން ބުނެފި އެވެ.
މިއީ 2018 ގެ ފަހުން ފިތުރު އީދު ބޮޑު ޖަމާއަތެއްގައި ކުރާ ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބޭއްވުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި 2020 ގައި ފިތުރު އީދު އައި އިރު ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންގައި އޮތުމުން މިސްކިތްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ އީދު ނަމާދު މިސްކިތުގައި ވެސް ނުކުރެ އެވެ.
މިދިޔަ އަހަރު ވެސް ކޮވިޑާ ގުޅިގެން ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރެ އެވެ. އެކަމަކު މިދިޔަ އަހަރު ގައިދުރުކަމާ އެކު މިސްކިތްތަކުގައި އީދު ނަމާދުކުރި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސް ނޫން ނަމަ މި އަހަރު މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މާލޭގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އޮތް އީދު ނަމާދަކަށް ބަޔަކު ދަނީ -- ފައިލް ފޮޓޯ/ މިހާރު
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. އަދި ހުޅުމާލޭގައި ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށާއި ވިލިމާލޭގައި އީދު ނަމާދުކުރަން ނިންމާފައި ވަނީ ވިލިމާލޭ ބަނދަރު ކައިރީގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ނަމާދަށް ދިއުމުގެ ކުރިން ބައެއް ކަހަލަ ކަންކަމަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.
ނަމާދަށް ދާއިރު ސަމާލުކަންދޭންވީ ކަންކަން:
- ގެއިން ވުޟޫކޮށްގެން ދިއުން - އަމިއްލަ މުސައްލައެއް ގެންދިއުން - އަމިއްލަ ފެންފުޅިއެއް ގެންދިއުން - ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން
ފިތުރު އީދު ވާނީ، ކަލަންޑަރުގައިވާ ގޮތުން އަންނަ ހޯމަ ދުވަހަށެވެ.
ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ 4 ތަނެއްގައި
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވާން އަލުން ހުޅުވާލައިފި
ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރުނަމާދު ކޮށްފި
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި
ތިން މަހަށް ފަހު އުފަލުން ހުކުރަށް
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ