11 އެޕްރީލް 2023
އެމެރިކާގެ ވާޖީނިއާގެ ސްކޫލެއްގައި ކިޔަވާ، އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު އޭނާގެ ޓީޗަރުގެ ގަޔަށް ބަޑި ޖެހި މައްސަލައިގައި، އެ ކުއްޖާގެ މަންމަ އަށް ދައުވާ ކުރުމަށް ނިންމައިފި އެވެ.
އެމެރިކާގެ ވާޖީނިއާގެ ސްކޫލެއްގައި ކިޔަވާ، އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު އޭނާގެ ޓީޗަރުގެ ގަޔަށް ބަޑި ޖެހި މައްސަލައިގައި، އެ ކުއްޖާގެ މަންމަ އަށް ދައުވާ ކުރުމަށް ނިންމައިފި އެވެ.
ވާޖީނިއާގެ އެޓާނީ އޮފީހުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ކުއްޖާގެ މަންމަ އަށް ދައުވާ ކުރަން ނިންމީ، މީހެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަތިޔާރެއް ގޭގައި ރައްކާތެރި ގޮތުގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ކުށުގަ އެވެ. ކުޑަކުއްޖަކު އޭނާގެ ގޭގައި އޮތް ފިސްތޯލައެއް ނަގައިގެން ސްކޫލަށް ގެންގޮސް، ޓީޗަރަށް ހަމަލާ ދިނުމުގެ ހާދިސާ ހިނގި ގޮތުގެ ތަފްސީލުތައް ދިރާސާކުރަމުން އަންނަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"ކޮންމެ ޖިނާއީ ހާދިސާއަކީ އޭގެ ޒާތުގައި ވަރަށް ނާދިރު އަދި މުޅިން ތަފާތު ހާދިސާއެއް. އަދި އެހާދިސާގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ފެންނަން ހުރި ހަގީގަތްތަކަކީ، އެ ކުއްޖާގެ މަންމައަށް ކުރާ ދައުވާ އަށް ބާރު ލިބިދޭ ހަގީގަތްތަކެއް. ނަމަވެސް، ބަޑިޖެހުމުގެ އެ ހާދިސާގެ ތަހުގީގު އަދިވެސް އަހަރެމެން ކުރިއަށް އެބަ ގެންދަން،" ވާޖީނިއާގެ އެޓާނީ ހަވާޑް ގްވީން ނެރުއްވި ބަޔާނުގައިވެ އެވެ.
މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅޭ މި މައްސަލައިގައި އެ ކުއްޖާގެ މަންމަގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ފުރާނައަށް ގެއްލުމެއް ލިބިދާ ފަދަ ހަތިޔާރެއް ގެންގުޅުމުގައި އިހުމާލުވުމުގެ ކުށުގައި އެއް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޖެނުއަރީ 6 ވަނަ ދުވަހު، އެ އަންހެން މީހާގެ، އުމުރުން 6 އަހަރުގެ ދަރިފުޅު އޭނާ ކިޔަވާ ރިޗްނެކް އެލިމެންޓްރީ ސްކޫލަށް ދިޔައީ އޭނާގެ މަންމަގެ ބެލުމުގެ ދަށުގައި އޮންނަ ފިސްތޯލަ ހިފައިގެންނެވެ. ސްކޫލުގައި އުޅުމުގެ ތެރޭގައި އޭނާ އަށް ކިޔަވައިދޭ، އެބީ ޒްވޭނާ، 25، ގެ ގަޔަށް ފިސްތޯލަ ޖެހުމުން އެ ޓީޗަރުގެ އަތާއި މޭ ޒަޚަމްވި އެވެ.
މި ހާދިސާ އަށް ފަހު އެ ކުއްޖާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުއްޖަކީ އެފެދުމުގައި ވެސް ވަރަށް ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ. އަދި އޭނާ އަށް މިހާރު ދެމުން އަންނަ ފަރުވާ ރޭވިފައިވާ ގޮތުން، އެ ކުއްޖާ ސްކޫލްގައި އުޅޭ ވަގުތުތަކުގައި ވެސް ބެލެނިވެރިއަކު އޭނާއާ އެކުގައި ހުންނަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެން ނަމަވެސް، އެ ހާދިސާ ހިނގި ހަފުތާއަކީ، އެ ކުއްޖާއާ އެކުގައި ބެލެނިވެރިއަކު ސްކޫލަށް ހާޒިރުނުވާ ހަމައެކަނި ހަފުތާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ކުއްޖާގެ މަންމަ ފިސްތޯލައެއް ގަނެފައިވަނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި އެ ފިސްތޯލަ އެ ގޭގައި ބާއްވާފައި އޮންނަނީ، އެ އަންހެން މީހާގެ އަލަމާރިއެއްގެ ވަތްގަނޑެއްގައި ކަމަށާއި، އެ ވަތްގަނޑު ހުންނަނީ ތަޅުމުން ފެށިގެން ހަ ފޫޓު އުހުގައި ކަމަށްވެ އެވެ.
އެ އަންހެން މީހާގެ ގާނޫނީ ވަކީލު ބުނި ގޮތުގައި ވަތްގަނޑުގައި ފިސްތޯލަ ބާއްވާފައި އޮންނަ އިރު، އޭގެ ޓްރިގާ (ފިސްތޯލަ ޖަހަން ބޭނުންކުރާ ތަން) އޮންނާނީ ތަޅުދަނޑިއަކުން ނޫނީ ނުހުޅުވޭ ގޮތަށް ތަޅުލައިފަ އެވެ. މި ހާދިސާގައި ޒަޚަމްވި ޓީޗަރު ވަނީ އޭނާ ވަޒީފާ އަދާކުރާ ސްކޫލްގެ ފަރާތުން 40 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ، އެ ހާދިސާ ހިނގި ދުވަހު އެ ކުއްޖާގެ ދަބަސް ތެރޭގައި ފިސްތޯލައެއް ގެންގުޅޭކަން ސްކޫލްގެ އިދާރާއަށް އެންގުމުން ވެސް، އިދާރާގެ ފަރާތުން ފިޔަވަޅެއް ނޭޅި ކަމަށެވެ.
"އެ ދުވަހު ދެތިން ގަޑިއިރުގެ ތެރޭގައި ތަފާތު ތިން ފަހަރެއްގެ މަތިން، އެކަން އެނގުނު ޓީޗަރުންނާއި ސްކޫލްގެ މުވައްޒަފުންގެ ފަރާތުން ވަނީ، އެ ކުއްޖާ ފިސްތޯލައެއް ގެންގުޅޭ ކަމާއި އެ ފިސްތޯލަ އިން އެހެން މީހުންނަށް ބިރު ދައްކާކަން، ސްކޫލްގެ އިދާރާ އަށް އަންގާފައި. އެކަމަކު އިދާރާގެ ފަރާތުން އެއްވެސް ވަރަކަށް އެކަމާ އަޅައެއްނުލި،" މި ހާދިސާގައި ޒަޚަމްވި ޓީޗަރުގެ ވަކީލު ޑިއޭން ޓޮސްކާނޯ ބުންޏެވެ.
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ކެލިފޯނިއާގައި ބަޑިޖަހައި ހަ މީހަކު މަރާލައިފި
ޓެކްސަސްގައި ބަޑި ޖަހައި 5 މީހަކު މަރާލައިފި
ކެލިފޯނިއާގައި އަނެއްކާވެސް ބަޑިޖަހައި 7 މީހުން މަރު
އާ އަހަރުގެ ހަފްލާއެއްގަ ބަޑިޖަހައި 10 މީހުން މަރު
ކެލިފޯނިއާގައި ބަޑިޖަހައި އާއިލާއެއްގެ 6 މީހުން މަރު
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް
ބަޑީގެ ހަމަލާތަކާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކޮށްފި
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި