ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާށި މާދަމާއިން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަހަން ނިންމައި އެކަން ކުރިއަށް ގެންދާނެ ގޮތް އިއުލާނުކޮށްފި އެވެ.
10 އެޕްރީލް 2023
ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާށި މާދަމާއިން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަހަން ނިންމައި އެކަން ކުރިއަށް ގެންދާނެ ގޮތް އިއުލާނުކޮށްފި އެވެ.
ކައުންސިލުން ބުނީ މިއީ ހުރިހާ ދިވެހިންނަށް ހަދިޔާކޮށްފައިވާ ކާށި ކަމަށާއި އެކަމަކު އެންމެ ފުރަތަމަ ފަސް ދުވަހު ކާށި ބަހާނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ. އެހެންވެ ފަގީރުންގެ ލިސްޓުގައި ހިމެނޭކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަން ކައުންސިލުން ވަނީ އެދިފަ އެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން، އައިޑީ ކާޑު ހިފައިގެން ދާ ކޮންމެ ދިވެއްސަކަށް ވެސް ކާށި ދޫކުރާނެ އެވެ.
ކާށި ބަހާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިންނެވެ. އަދި ކާށި ބެހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިޔަށް ދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.
ބަހަން ނިންމާފައިވާ ކާށީގެ އަދަދެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
ރޯދަ މަހާ ދިމާކޮށް ކާށިގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯ އިން ވަނީ ކާށި އިމްޕޯޓްކޮށް، 12ރ. އަށް ކާށި ކިލޯއެއް ވިއްކަން ފަށައިފަ އެވެ. ރާއްޖޭގައި ކާށި ލިބުން ދަތިވެފައިވާ އެއް ސަބަބަކީ ރުއްތަކަށް ބަލި ޖެހުމެވެ.
ޗަމްޕާއިން ހަދިޔާކުރި ކަރާ މާދަމާ ބަހަން ފަށަނީ
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ
ހުޅުމާލޭގައި ދުއްވޭނެ، މަނާވާނީ މާލެ އާއި ވިލިމާލޭގައި
އީދަށް 65 ރަށް ދިއްލަން ބޮކިފަތި ހަރުކުރަން ފަށައިފި
ސިޓީ ކައުންސިލްގެ ހަފުލާތަކަށް ދުފާ އެއްޗެހި ނުވެއްދޭނެ
ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ
ކުއްޔަށްދޫކުރި ތަންތަނުން ބިލްތަކަށް 2.5މިލިއަން ނުދޭ
"ފްލެޓުތައް ތަޅާލާނީ މީހުންނަށް ގޮތެއް ހޯދައިދީފައި"
ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ