07 އެޕްރީލް 2023
އާލިއާ ބަޓް އަދި ރަންބީރް ކަޕޫރު ކުޅުނު މަގްބޫލު ފިލްމު "ބްރަމަސްތުރާ" ޓްރިލޮޖީގެ ފަހު ދެ ފިލްމު ރިލީޒްކުރާ ތާރީހު ހާމަކޮށްފި އެވެ.
އާލިއާ ބަޓް އަދި ރަންބީރް ކަޕޫރު ކުޅުނު މަގްބޫލު ފިލްމު "ބްރަމަސްތުރާ" ޓްރިލޮޖީގެ ފަހު ދެ ފިލްމު ރިލީޒްކުރާ ތާރީހު ހާމަކޮށްފި އެވެ.
"ބްރަމަސްތުރާ: ޕާޓް 1" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީގެ އިންސްޓަގްރާމުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ފިލްމުގެ ދެ ވަނަ ބައި ޑިސެމްބަރު، 2026 ގައި ރިލީޒްކުރާނެ ކަމަށާއި، ތިން ވަނަ ބައި ނެރޭނީ 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ.
އަޔާން ބުނީ "ބްރަމަސްތްރާ" ގެ ފުރަތަމަ ބަޔަށް ލިބުނު ތަރުހީބާ ލޯބި ގަބޫލުކުރުމަށް ފަހު، މިހާރު މަސައްކަތް ކުރަމުން އަންނަނީ ދެވަނަ އަދި ތިން ވަނަ ބައި ތަސައްވަރުކުރުން ކަމަށެވެ.
"ދެވަނަ ބަޔާއި ތިން ވަނަ ބަޔަކީ (ޓްރިލޮޖީގެ) ފުރަތަމަ ބަޔަށް ވުރެން މާ ބޮޑު އަދި ވަރުގަދަ އަމާޒެއް އޮތް ދެ ފިލްމު،" އަޔާންގެ އިންސްޓަގްރާމުގައި ލިޔުނެވެ.
އެ ދެ ފިލްމުގެ ސްކްރިޕްޓު ރަނގަޅަށް ލިޔުމަށް ވަަގުތު ނަގާނެތީ، ދެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ވެސް ކުރާނީ ގާތްގަނޑަކަށް އެއްކޮށް ކަމަށް އޭނާ ބުންޏެވެ.
"...އޭރަށް އެ ދެ ފިލްމު ކައިރިކައިރީގައި ރިލީޒްކުރުމުގެ ފުރުސަތު ލިބޭނެ. މިހާރު އެ މަސައްކަތްކުރާނެ ޓައިމްލައިނެއް ހަދާފައި އޮންނާނީ،" އަޔާން ކިޔައިދިނެވެ.
އޭގެ އިތުރުން، އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ހެދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އޭގެ ތަފްސީލު ރަނގަޅު ވަގުތެއް އައުމުން ހިއްސާކުރާނެ ކަމަށް އަޔާން ބުންޏެވެ.
އަމީތާބް ބައްޗަން އާއި މޯނި ރޯއީ އަދި ކެމިއޯއެއްގެ ގޮތުގައި ޝާހްރުކް ވެސް ފެނުނު "ބްރަމަސްތްރާ: ޝިވާ" ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން، ބޮކްސްއޮފީހުގައި 54 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، އެ ފިލްމު ވަނީ މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ރެކޯޑް ހޯދައިފަ އެވެ.
އާލިއާއަށް ކިޝޯރް ކުމާރް ނޭނގޭ: ރަންބީރް
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް
އެންމެ މުއްސަނދި ސްޓާކިޑްއަކަށް ރަހާ
ފިލްމްފެއާ އެވޯޑުގައި ރަންބީރާއި އާލިއާ ވިދާލައިފި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
އާލިއާ އާއި ރަންބީރުގެ ދަރިފުޅު މީޑިއާއަށް ދައްކާލައިފި
އާލިއާ ލިޕްސްޓިކް ޖެއްސީމާ ރަންބީރަށް ކަމަކުނުދޭ
ރަންބީރާއި އާލިއާގެ ކައިވެންޏަކީ ފޭކެއް: ކަންގަނާ