30 ޖެނުއަރީ 2024
މި އަހަރުގެ ފިލްމްފެއާ އެވޯޑުގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓް ވިދާލައިފި އެވެ.
މި އަހަރުގެ ފިލްމްފެއާ އެވޯޑުގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓް ވިދާލައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ފިލްމު ފެއާ އެވޯޑުގައި ރަންބީރަށް ވަނީ "އެނިމަލް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފަ އެވެ. އަދި އާލިއާ އަށް ވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފަ އެވެ.
މިފަހަރު އެންމެ މޮޅު ފިލްމަކަށް ޕޮޕިއުލާ ކެޓަގަރީން ހޮވުނީ "ޓުވެލްތު ފެއިލް" އެވެ. އަދި ކްރިޓިކްސްގެ ކެޓަގަރީން އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ޖޮރަމް" އެވެ.
• އެންމެ މޮޅު އެކްޓަރު (ކްރިޓިކްސް) - ވިކްރާންތު މަސީ / ޓުވެލްތު ފެއިލް
• އެންމެ މޮޅު އެކްޓްރެސް (ކްރިޓިކްސް) - ޝެފާލީ ޝާހް / ތުރީ އޮފް އަސް
• އެންމެ މޮޅު ސަޕޯޓިން އެކްޓަރު - ވިކީ ކައުޝަލް / ޑަންކީ
• އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް - ޝަބާނާ އަޒްމީ / ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ
• އެންމެ މޮޅު ސްކްރީންޕްލޭ - ވިންދޫ ވިނޯދު ޗޯޕްރާ / ޓުވެލްތު ފެއިލް
• އެންމެ މޮޅު ޑައިރެކްޓަރު - ވިންދޫ ވިނޯދު ޗޯޕްރާ / ޓުވެލްތު ފެއިލް
ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑު، ފިލްމްފެއާ ބޭއްވި މިއީ 69 ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑު ހަފުލާ ބޭއްވީ ގުޖުރާތުގަ އެވެ. އަދި މިފަހަރުގެ ހަފުލާގެ ހޮސްޓަކީ ކަރަން ޖޯހަރެވެ.
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
އާލިއާގެ އެދުމަކަށް ބަންސާލީ ދިނީ ފުރަގަސް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
އަހަންނަށް ވުރެ ގިނަ ފައިސާ އާލިއާ ހޯދައިފި: މަހޭޝް
އާލިއާގެ ނެޝަނަލް އެވޯޑަށް ރަންބީރް އިންތިޒާރުގައި
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
"ބައިޖޫ ބަވްރާ" ގައި ރަންބީރެއް ނޫން ކާތިކް