އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ސްޕެޝަލް ސްކްރީނިންއެއް ލޯބިވެރިޔާ ރަންބީރް ކަޕޫރާއި ދެ ފަރާތުގެ އާއިލާ އަށް ބާއްވައި ދޭން އާލިއާ އެދުމުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެކަމާ އެއްބަސްނުވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
27 ޑިސެމްބަރ 2021
އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ސްޕެޝަލް ސްކްރީނިންއެއް ލޯބިވެރިޔާ ރަންބީރް ކަޕޫރާއި ދެ ފަރާތުގެ އާއިލާ އަށް ބާއްވައި ދޭން އާލިއާ އެދުމުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެކަމާ އެއްބަސްނުވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އާލިއާ އެގޮތަށް އެދުނީ އެ ފިލްމަކީ އޭނާ މިހާތަނަށް ކުޅުނު އެންމެ ތަފާތު ފިލްމަށް ވެފައި، އޭގައި ވަރަށް މޮޅު އެކްޓިންއެއް ވެސް ދެއްކިފައިވާ ކަމަށް ގަބޫލު ކުރާތީ އެވެ. އެހެންވެ އޭގައި ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭތީ، އާއިލާ ވެސް އޭނާއާ މެދު ފަހުރުވެރިވާނެތީ ސިނަމާތަކަށް ފިލްމު ގެނައުމުގެ ކުރިން ދެ ފަރާތުގެ އާއިލާ އަށް ފިލްމު ދައްކާލައި އެ މީހުންގެ ފީޑްބެކް ހޯދަން ބޭނުންވީ އެވެ.
ނަމަވެސް ޑައިރެކްޓަރު އަދިި ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދަރިފުޅުގެ އެ ހުށަހެޅުން ބަންސާލީ ގަބޫލު ނުކުރި އިރު، އޭނާ ކުރިން ވެސް ގެންގުޅޭ އުސޫލަކީ ސިނަމާތަކަށް ފިލްމު ގެނައުމުގެ ކުރިން ސްޕެޝަލް ސްކްރީނިން އެއްވެސް ބަޔަކަށް ނުބޭއްވުމެވެ. މި އުސޫލަކީ އާލިއާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރް ބޮލީވުޑަށް ނެރެން ބަންސާލީ 2007 ގައި ގެނެސްދިން "ސާވަރިއާ" ގެ ފަހުން ދަމަހައްޓަމުން އަންނަ ކަމެކެވެ.
"ގަންގޫބާއީ" ގެ ސެޓްގައި އާލިއާ އާއި ބަންސާލީ.
ފެބްރުއަރީ މަހުގެ 18 ގައި ރިލީޒް ކުރަން ނިންމާފައިވާ "ގަންގޫބާއީ" އަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި މުމްބާއީގައި އުޅުނު ނުފޫޒު ގަދަ މާފިއާ ކްއީން ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ކްރައިމް ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމުގައި އޭނާގެ ކެރެކްޓާ ބޮޑަށް ސިފަވެގެން ދާނީ "އެންޓަގޮނިސްޓެއް" ގެ ގޮތުގަ އެވެ.
ލޯބިވެރިޔާ ރަންބީރާއި ދެ ފަރާތުގެ އާއިލާ އަށް "ގަންގޫބާއީ" ގެ ސްޕެޝަލް ސްކްރީނިން އަށް ބާއްވަން އާލިއާ އެދުނު އެދުން ފެނަށްވެގެން ދިޔަ އިރު، ދާދި ފަހުން ރަންބީރު ވަނީ ފިލްމުގެ ޓީޒާ ބަލާފައި އާލިއާ ވަރަށް އަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި މި ފިލްމަކީ އާލިއާ ނެޝަނަލް އެވޯޑް ހައްގުވާ ވަރުގެ މޮޅު އެކްޓިންއެއް ފެންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
"ގަންގޫބާއީ" ގެ އިތުރުން އަންނަ އަހަރު ރިލީޒްވާން ހުރި އާލިއާގެ ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 7 ގައި ރިލީޒްކުރާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ސެޕްޓެމްބަރު 9 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ބުރައްމަސްތުރާ" ވެސް ހިމެނެ އެވެ. ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އަކީ އާލިއާ އާއި ރަންބީރުގެ ޖޯޑު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން އަންނަ އަހަރު އާލިއާގެ "ޑާލިންސް" ވެސް ރިލީޒްކުރުމުގެ ފުރުސަތު ބޮޑެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ގަންގޫބާއީ" އިން އަތް ދޫކޮށްލުމަށް ފަހު ބަންސާލީ ހަދަން ނިންމާފައިވާ "ބައިޖޫ ބަވްރާ" ގެ ބަތަލާ އަކީ ވެސް އާލިއާ އެވެ.
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
ބަންސާލީ އަށް "ދޭވްދާސް" ގެ އުފާވެރި ހަނދާންތަކެއް
"ގަންގޫބާއީ ކަތިއަވާޅީ" ބާލިން ފިލްމު ފެސްޓިވަލަށް
އަހަންނަށް ވުރެ ގިނަ ފައިސާ އާލިއާ ހޯދައިފި: މަހޭޝް
އާލިއާގެ ނެޝަނަލް އެވޯޑަށް ރަންބީރް އިންތިޒާރުގައި
"ބައިޖޫ ބަވްރާ" ގައި ރަންބީރެއް ނޫން ކާތިކް
"ބައިޖޫ ބަވްރާ" ގައި ރަންބީރް، އާލިއާ އަދި ދީޕިކާ؟
ފިލްމްފެއާ އެވޯޑުގައި ރަންބީރާއި އާލިއާ ވިދާލައިފި