Roadha Mihaaru
ވިލާ ޓްރޭޑިން އިން ކުންފުނިތަކަށް ދީނީ ސުވާލު މުބާރާ

ވިލާ ޓްރޭޑިން އިން ކުންފުނިތަކަށް ދީނީ ސުވާލު މުބާރާތެއް

06 އެޕްރީލް 2023

ރާއްޖޭގެ ކުންފުނިތަކަށް ހުޅުވާލައިގެން "ރޯދަ ޓްރިވިއާ"ގެ ނަމުގައި ވިލާ ޓްރޭޑިން އިން ދީނީ ސުވާލު މުބާރާތެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ކުންފުނިތަކަށް ހުޅުވާލައިގެން "ރޯދަ ޓްރިވިއާ"ގެ ނަމުގައި ވިލާ ޓްރޭޑިން އިން ދީނީ ސުވާލު މުބާރާތެއް ފަށައިފި އެވެ.

މި ސުވާލު މުބާރާތުގެ އެޕިސޯޑުތައް ވިލާ މާޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނާނެ އެވެ. މުބާރާތުގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ނިމިފަ އެވެ.

ވިލާ ޓްރޭޑިންގެ ކުއިޒް މުބާރާތުގެ ބައިވެރިން. -- ފޮޓޯ: ވިލާ ޓްރޭޑިން

ވިލާ ޓްރޭޑިންގެ ކުއިޒް މުބާރާތުގެ ބައިވެރިން. -- ފޮޓޯ: ވިލާ ޓްރޭޑިން

ވިލާއިން ބުނި ގޮތުގައި އެ މުބާރާތަކީ ކުންފުނިތަކުގެ މެދުގައި ދީނީ މައުލޫމާތުތައް ހިއްސާކޮށް ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތް ކުރިއަށް ގެންދަނީ ރެޕިޑް ފަޔާ ސްޓައިލަށެވެ. ކޮންމެ ޓީމެއް ވެސް އެއް މިނެޓާއި 30 ސިކުންތު ތެރޭގައި ވީހާ ވެސް ގިނަ ސުވާލަކަށް ޖަވާބު ދޭންޖެހޭނެ އެވެ.

"ރޯދަ ޓްރިވިއާ"ގެ ފުރަތަމަ އެޕިސޯޑު

"ރޯދަ ޓްރިވިއާ" މުބާރާތުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ހަތަރު މީހުންގެ އެއް ރޭގެ ރިސޯޓު ދަތުރެކެވެ. ދެ ވަނަ އަށް ސިމްފަނީ މޯލްޑިވްސްއިން ހަތަރު މީހުންގެ ކެއުމެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ވިލާ މާޓުގެ ގިފްޓު ވައުޗަރެވެ.

މުބާރާތުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، އަމާނާ ތަކަފުލް، އެސްޑީއެފްސީ، ރާއްޖެ އޮންލައިން، އުރީދޫ، އެމްއެމްއޭ، ވިލާ ޓްރެވަލަސް، ވިލާ ކޮލެޖް އަފި ވިލާ ޝިޕިން އެންޑް ޓްރޭޑިން ހިމެނެ އެވެ.