06 އެޕްރީލް 2023
މުޅި ދުނިޔެއިން ވެސް އެންމެ ގަޔާވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް، އިންޑިއާގެ އެކްޓްރެސް ނެހާ ދޫޕިޔާ ބުނެފި އެވެ.
މުޅި ދުނިޔެއިން ވެސް އެންމެ ގަޔާވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް، އިންޑިއާގެ އެކްޓްރެސް ނެހާ ދޫޕިޔާ ބުނެފި އެވެ.
ދާދި ފަހުން، ފިރިމީހާ އަންގަދް ބެދީ އާއި ދެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައިސް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމުގައި ޝެއާ ކުރަމުން ލިޔެފައިވަނީ ހުރިހާ ކަމެއް ރަނގަޅު ކަމުގެ އިހްސާސްކުރެވޭ [ރާއްޖެ] އަށް ގެންގޮސްދޭން އެދޭ ކަމަށެވެ.
ނެހާ އާއި އާއިލާ ރާއްޖެ އައިސް ތިބީ ޑައިމަންޑްސް ތުނޑުފުށި ރިސޯޓުގަ އެވެ.
އޭނާ ވަނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމުގައި ޝެއާކޮށްފަ އެވެ.
ނެހާ އާއި އަންގަދަގެ ދެ ދަރިން ރާއްޖޭގައި
އެ ފޮޓޯތަކުގެ ތެރޭގައި، ނެހާ އާއި އަންގަދު ވަކިން ނަގާފައިވާ ފޮޓޯތަކާއި، އެ ދެމީހުންގެ ދެ ދަރިންގެ ވެލިގަނޑުގައި ކުޅެން ތިބި ހިތްގައިމު މަންޒަރުތައް ހިމެނެ އެވެ.
ނެހާ އާއި އަންގަދް
ނެހާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނިކުތް "އަ ތާޒްޑޭ" ފިލްމުގެ އޭސީޕީގެ ރޯލުންނެވެ. އޭނާގެ ފިރިމީހާ އެކްޓަރު އަންގަދު ދެން ފެންނާނީ ސަލްމާން ހާން އަދި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ފިލްމުންނެވެ.
ކާންޔޭ އަންހެނުން އުރާލައިގެން ބޮޑުބެރަށް ނަށަނީ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް
ސަނީ ލިއޯން ހަތަރު ވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި
ރޯހިތަށް ރާއްޖޭން ދިމާވީ ހީނާއާ