04 އެޕްރީލް 2023
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް މއ. ކޮށީގެ އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް މއ. ކޮށީގެ އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ވެސް އެމްޑީއަކަށް މިހާތަނަށް ހުންނެވި ސައީދާ، ލިޔުން ހަވާލުކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.
އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މިިދިޔަ މަހުގެ ފަހުކޮޅު ވަކިކުރެއްވުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނީ އަމްރު މަގާމުން ވަކިކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު އޭނާ ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.
ސައީދު، ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް މެ އެވެ.
ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މިހާރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝިމާދު
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި
އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް
އެސްއޯއީތަކަށް ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން
އެމްއެސްއެސް އިން ގަތް އާ ބޯޓު ރާއްޖެ ގެނެސްފި
އެމްއެސްއެސްގެ އަމިއްލަ ބޯޓު ފުރަތަމަފަހަރަށް ރާއްޖެއަށް
ޝިޕިން ކުންފުނީގެ އެމްޑީއަކަށް ކޮށީގެ ސައީދު
ތެލުގެ ކޮރަޕްޝަނާ ގުޅިގެން ބޭއްވި ކޮމެޓީ ސިއްރުކޮށްފި
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ