03 އެޕްރީލް 2023
މާލެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި އެވެ. ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ހެދީ މެރީ ބްރައުން ކުރިމަތީގަ އެވެ.
މާލެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި އެވެ. ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ހެދީ މެރީ ބްރައުން ކުރިމަތީގަ އެވެ.
މި ޕާކިން ޒޯންތައް ހެދީ އެ މަގުގައި އިންދައިފައި ހުރި ކަދުރު ރުއްތަކުގެ ދެމެދުން ޕޭވްމަންޓް މަތީގަ އެވެ. ކަދުރު ރުއްތަކުގެ ދެ ފަރާތުގައި ހަ ސައިކަލް ޕާކު ކުރެވޭ ގޮތަށް ޕާކިން ލައިން ވެސް މިހާރު ހުރީ ކުރަހައިފަ އެވެ.
މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ އެތަނުގައި ސައިކަލް ޕާކިން ހެދީ ހިނގާނެ ޖާގަ ބާއްވާފައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އެތަނުގައި ޕޭވްމަންޓެއް ނުވެސް އޮންނާނެ ކަމަށެވެ. އެތަނަށް އޮތީ ބާވެފައި ހުރި ވެހިކަލްތައް އަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަން ސާފުކޮށްފައި ވެހިކަލްތައް ނަގައި، ގާ އަތުރައިފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން އެތަނުގައި ޕޭވްމަންޓެއް ނެތްއިރު ވެސް މީހުން ނުހިނގިގެން އުޅުނު ކަމަކަށް ނުވޭ."
ޕޭވްމަންޓް މަތީގައި ޕާކިން ޖާގަ ހެދީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.
އެތަނުގައި ޕާކުކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.
މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ކުރިން އޮންނަނީ އަންގައިފަ އެވެ. އެހެން ވިޔަސް، އެ މަގުގެ އެކި ހިސާބުތަކުގައި ވެހިކަލް ޕާކުކުރާ މައްސަލަ ބޮޑެވެ.
މާލޭގައި ކޮންޓްރޯލެއް ނެތި ވެހިކަލް ގިނަވަމުން ދާތީ، ޕާކު ކުރާނެ ޖާގަ ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެކި ތަންތަނުގައި ޕާކިން ޒޯންތައް ހެދިޔަސް، ޖާގަ އޮންނަނީ ކުޑަވެފަ އެވެ.
މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނަގަނީ
ކަދުރު ރުއްތަކުގައި ބެނާ ނުދަމަން އަންގައިފި
ޕާކިން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން
ޕާކުތައް ކުއްޔަށް ދޫކުރުން ކައުންސިލް ޖަލްސާއަށް!
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ބޭރު މަގުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގަނީ
ތާރު ހަލާކުވެފައިވާ ތަންތަނަށް ސިމެންތި އަޅައިފި
ޕާކިން ޒޯން ބަންދުކުރީ މިނިސްޓްރީން: ކައުންސިލް
ޕާކް ކުރާނެ ތަނެއް ނެތުމުން މުވައްޒަފުން އިހުތިޖާޖަށް
ބޮޑުތަކުރުފާނުމަގުގައި ހަލާކުވެފައި ހުރި ތަންތަން ހަދަނީ