Roadha Mihaaru
ވަރުބަލިކަމެއް ނެތި، ފަންގި ވިނުމުގައި 50 އަހަރު

ފޮޓޯ ސްޓޯރީ: ވަރުބަލިކަމެއް ނެތި، ފަންގި ވިނުމުގައި ބައި ގަރުނު

02 އެޕްރީލް 2023

ފ. ފީއަލީގެ ބައެއް ގެތަކަށް ވަދެލާއިރު، އެންމެ ފުރަތަމަ ވެސް ފެންނާނީ ފަންގިވިންނަ މީހުންނެވެ. އެއީ، މުޅި ފ. އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ފ. ފީއަލީގެ ބައެއް ގެތަކަށް ވަދެލާއިރު، އެންމެ ފުރަތަމަ ވެސް ފެންނާނީ ފަންގިވިންނަ މީހުންނެވެ. އެއީ، މުޅި ފ. އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ.

ފީއަލީ ކެރެފާގެ އިން ވެސް އެންމެ ފުރަތަމަ ފެންނާނެ އެއް މަންޒަރަކީ އެއީ އެވެ؛ އެ ގޭގެ މަރިޔަމް އިބްރާހިމް ފަންގިވިންނަތާ މިހާރު 50 އަހަރު ނުވަތަ ބައިގަރުނު ވީ އެވެ.

ކައިރީގައި ރޭޑިއޯއެއް ބަހައްޓައިގެން، އޭނާ ކޮންމެ ދުވަހަކު ހެނދުން ފެށިގެން ގޮސް، މަސައްކަތް ނިމެންދެން އެކަމުގައި އުޅޭ. އޭނާގެ ދަރިން ބުނާ ގޮތުން "މަންމަ" މިކަން ނުކުރާ ދުވަހެއް އެ މީހުންނަކަށް ނުފެނޭ. އަދި ފަންގިވިނުމަކީ މަރިޔަމްގެ ހަޔާތުގެ އެއްބައި-- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މަރިޔަމް ބުނާ ގޮތުން އޭނާގެ މަންމަ ވެސް އެ މަސައްކަތް ކުރި. މިހާރު އުމުރުން 64 އަހަރުގެ މަރިޔަމްގެ އުމުރުން 14 އަހަރުން ފެށިގެން ފަންގިވިންނަމުން ދޭ. އޭނާ ބުނާ ގޮތުން ފިރިމީހާ ކަންނެލީގެ މަސްވެރިކަމުގައި އުޅޭ އިރު، ގޭގައި އޭނާ އިންނަނީ ވަރަށް ހަމަޖެހިލައިގެން ފަންގިވިންނަން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފަންގިވިނުމަކީ ފ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި އަންހެނުން ކުރާ ކަމެއް. މި އަތޮޅުގައި އުފައްދާ ފަންބޮނޑިތައް ގަންނަން އެކި ރިސޯޓްތަކުގެ އެޖެންޓުން އާދޭ. ފަންބޮނޑިއެއް ވިއްކަނީ 80ރ. އަށް. މަރިޔަމް ބުނާ ގޮތުން އޭނާ އަށް އެކަން އޮންނަނީ ނުވެފައި -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މަރިޔަމް ދުވާލަކު، 16 ފޫޓުގެ ދިގުމިނުގެ ތިން ބޮނޑި ފަންގި ހަދާ. އޭނާ ބުނާ ގޮތުން މައްސަލައަކީ، ރީތި ފަން ނުލިބުން. އެހެންވެ އެހެން ބައެއް ރަށްރަށުން ވެސް ފަން ހޯދަން ޖެހޭ. މި ރަށުގެ ގިނަ މީހުން ފަން ހޯދަން ދަނީ ކައިރީގައި އޮތް ފަޅުރަށް ހިމިއްޗަށް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ގިނަ ދުވަސް ދުވަހު ފަތިސް ނަމާދުން ފައިބައިގެން، ހަމަޖެހިލައިގެން މަރިޔަމް މި މަސައްކަތް ފަށާ. މިކަން ނުކުރާ ދުވަހެއްގައި ވެސް އޭނާ ކޮންމެވެސް އެހެން ކަމެއްގެ ތެރޭގައި އުޅޭނެ. މަރިޔަމް ބުނާ ގޮތުން އޭނާ އަކީ ފަރުމަހަށް ވެސް ދާ މީހެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފަން ބޮނޑިތައް ވިނުމަށް ފަހު އެ ހުރިހާ ފަންބޮނޑިތައް ބަހައްޓަނީ އެ އެއްޗެހި ބަހައްޓަން ހިޔާކޮށްފައިވާ ކުޑަ ތަންކޮޅެއްގައި. އެ ތަންކޮޅުގައި މިހާރު ވެސް ވިއްކަން ބަހައްޓާފައި ހުރި ވަރަށް ގިނަ ފަން ބޮނޑި އެބަހުރި -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މަރިޔަމް ބުނާ ގޮތުން މިއީ އޭނާ ދޫކޮށްލާނެ މަސައްކަތެއް ނޫން. އެކަމަކު އޭނާ ބުނާ ގޮތުން މިއީ ވަރަށް ކެތްތެރިވެގެން ނޫނީ ނުކުރެވޭނެ ވެސް މަސައްކަތެއް. އުމުރުގެ ހުރިހާ ދުވަހަކުހެން ކުރި މި މަސައްކަތް، އާމްދަނީ ލިބޭހާ ދުވަހަކު އޭނާ ކުރާނެ -- ފޮޓޯ: ވިޝާހް ޒަރީރު/ މިހާރު