ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
22 މާޗް 2023
ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު ނަޝީދު ފައްޓަވާފައިވާ "ފިކުރެއްގެ ދިރުން" ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގާސިމްއާ ބައްދަލުކުރައްވާނެ ކަމަށެވެ.
ޖޭޕީގެ އޮފީސް، ކުނޫޒުގައި ބައްދަލުވުން އޮންނާނީ 9:30 ގަ އެވެ.
MDP ge faraathun, Partyge Raees, R. @MohamedNasheed ge edhivadaigathumuge matheen Alhugandaa @HusenAmr aa dhemeehun mirey Jumhooree Party aa eku mashvaraa kurumah eba badhdhaluvan.
— Hassan Latheef? (@HassanLatheef) March 22, 2023
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ގެންދަވަނީ މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި ޕްރައިމަރީއަށް ފަހު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތަށް، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މިހާރު ވެސް ހިމެނޭ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ބާރުއަޅައި އެ ފެކްޝަންގެ އެކި ބޭފުޅުން ވާހަކަދައްކާފައިވެ އެވެ. އެކަމާ ގުޅޭގޮތުން ނަޝީދުގެ އަރިސް ބޭފުޅުން މީގެ ކުރިން ވެސް ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ.
ޖޭޕީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެއާއެކު، ޕްރައިމަރީއަށް ހުޅުވާލައި، މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވެ އެވެ. ނަމަވެސް އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމުމުގެ ބާރު އެ ކައުންސިލުން ދީފައިވަނީ ގާސިމަށެވެ.
ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވެސް މީގެ ކުރިން ފެތުރުނެވެ. އެކަމަކު، ގާސިމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް!
އެހެން މީހަކަށް ވެރިކަން ލިބެން ނަޝީދު ބޭނުން ނުވާނެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ނަޝީދު، ގޯސްވި ހުރިހާ ކަމެއްގެ މެދުގައި!
ނަޝީދު، ގާސިމްގެ މަންދޫބު އިލްހާމާ ބައްދަލުކުރައްވައިފި
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް
ނަޝީދުގެ ފެކްޝަނުން ގާސިމާ ބައްދަލުކޮށްފި
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!