Roadha Mihaaru
ސަރުކާރުގައި ކޯލިޝަން ހިއްސާވާ ގޮތް އެއްބަސްވެއްޖެ

ސަރުކާރުގައި ހިއްސާވާނެ ގޮތް އެއްބަސްވެއްޖެ، ވިދާޅުވީ ފަހުން ހާމަކުރައްވާނެ ކަމަށް!

22 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާރު އޮތް އަދާލަތު/އެމްޑީއޭ ކޯލިޝަނާ އެކު އާ ސަރުކާރު އެކުލަވާލާނެ ގޮތަށް އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާރު އޮތް އަދާލަތު/އެމްޑީއޭ ކޯލިޝަނާ އެކު އާ ސަރުކާރު އެކުލަވާލާނެ ގޮތަށް އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ކޯލިޝަން މަޝްވަރާ އިއްޔެ ކުރައްވައިފަ އެވެ.

އެ މަޝްވަރާ އަށް ފަހު މުލީއާގޭގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ކުރިޔަށް ދާއިރު ހުރިހާ މަރުހަލާއެއްގައި ޕާޓީތަކުގެ މެންބަރުން ތިއްބަވަން ޖެހޭނެ ކަމަށެވެ.

ކެބިނެޓުގެ އިތުރުން އެހެނިހެން ލެވަލްތަކުގައި ވެސް ކޯލިޝަން ޕާޓީތަކުގެ މެންބަރުން ތިބޭނެ ގޮތް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މުލިއާގެއިން ރައީސް އާއި އާ ކޯލިޝަންގެ ލީޑަރުން ނިކުމެވަޑައިގަންނަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

މުލިއާގެއިން ރައީސް އާއި އާ ކޯލިޝަންގެ ލީޑަރުން ނިކުމެވަޑައިގަންނަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ހާމަކުރާނަން ވެވޭ އެއްބަސްވުމުގައި ޕަބްލިކަށް ކުރިން ހާމަ ކުރަން ޖެހޭ ބައިތައް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގައި މިހާރުގެ ކޯލިޝަން ޕާޓީތައް ހިއްސާވާ ގޮތް:

- އެމްޑީޕީ: 40 ޕަސެންޓް

- ޖުމްހޫރީ ޕާޓީ: 25 ޕަސެންޓް

- ކުރީގެ ރައީސް މައުމޫން: 20 ޕަސެންޓް

- އަދާލަތު ޕާޓީ: 15 ޕަސެންޓް

ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ކުރިން 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގައި ވެސް ނިންމާފައި ވަނީ ސަރުކާރުގެ މަގާމްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންިތހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ކޯލިޝަން ޕާޓީތައް ގުޅިގެން ވާދަ ކުރުމަށެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކޮށްފަ އެވެ. އަދި އެއަށް ފަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ހުރިހާ ޕާޓީއެއް ވާދަ ކުރީ ވަކިންނެވެ.