19 މާޗް 2023
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ފޮޓޯއަކީ އަމީނިއްޔާ ސްކޫލު ކޮންސެޓެއްގައި ދަރިވަރުންތަކެއް، ދެ ކޮނޑުގައި ވާގަނޑެއް ޖަހައި މައްޗަށް ނަގާފައި ހުރި ފޮޓޯއެކެވެ. ހުދު ހެދުމެއްގައި ތިބޭ ދެ އަންހެން ކުދިންގެ ހެދުމުގައި ރަތް ކުލަ ޖައްސާފައި ހުރެ އެވެ. ކޮށްފައިވަނީ ވެސް ބިރުވެރި މޭކަޕެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ފޮޓޯއަކީ އަމީނިއްޔާ ސްކޫލު ކޮންސެޓެއްގައި ދަރިވަރުންތަކެއް، ދެ ކޮނޑުގައި ވާގަނޑެއް ޖަހައި މައްޗަށް ނަގާފައި ހުރި ފޮޓޯއެކެވެ. ހުދު ހެދުމެއްގައި ތިބޭ ދެ އަންހެން ކުދިންގެ ހެދުމުގައި ރަތް ކުލަ ޖައްސާފައި ހުރެ އެވެ. ކޮށްފައިވަނީ ވެސް ބިރުވެރި މޭކަޕެކެވެ.
އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލީ އެ މަންޒަރުން ކޮންސެޓް ބަލަން ދިޔަ ބައެއް ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ބުނެ އެވެ. ކޮންސެޓްގެ އެ އައިޓަމް ބެލުމަށް އެތަނަށް ދިޔަ އެއްބައި ކުދިން ރޮއެ، ބިރުން އުޅުނު ކަމަށް ވެ އެވެ.
"މޫނު ބުރުގާ އެޅީމަ ކުދިން ބިރުގަނެއޭ ކިޔާފައި އެ މަނާކުރީ. އެކަމަކު މިކަހަލަ ކަންކަން އޯކޭ؟،" އެ ފޮޓޯ އަށް މީހަކު ބުންޏެވެ.
"މުޅި އެޑިޔުކޭޝަނުން އުޅެނީ ދީނާ ހިލާފު މިކަހަލަ ކަންކަން ޕްރޮމޯޓް ކުރަން. ދަން ޖެހުން ވެސް ޕްރޮމޯޓް ކުރަނީ. ކުދިން ބިރުން ރޯއިރު ވެސް ނުހުއްޓާ،" އެ ފޮޓޯ އަށް އެހެން މީހަކު ބުނެފައިވެ އެވެ.
އެ ކޮންސެޓް ބަލަން ދިޔަ ކުދިން ބިރުން އުޅުނު ކަމަށް ބައެއް ބެލެނިވެރިން ބުނި ނަމަވެސް އަނެއްބައި ބެލެނިވެރިން އެކަން ދޮގުކުރެ އެވެ.
"ތިމަންނަގެ ދަރިފުޅު ވެސް ތި ކޮންސެޓަށް ދިޔަ. ކުދިން ވަރަށް މަޖާކޮށް އުޅުނީ. އެއްވެސް ކުއްޖަކު ރޯއަޑެއް ނާހަން."
"ސްކޫލުތަކުގައި ބާއްވާ ފެއާތަކުގައި ބިރުވެރި ހޮހޮޅަ ވެސް އެބަ ހުރޭ، އެއީ މައްސަލައަކަށް ނުވަންޏާ މިކަން މައްސަލައަކަށް ވާންވީ ކީއްވެ؟ އެތަނަށް ދިޔަ މީހުންނަށް އެބަ އިނގޭ އެއީ ކިޔައިދިން ވާހަކައެއްކަން،" އެކަމަށް ތާއީދުކުރި މީހަކު ބުންޏެވެ.
އެއްބަޔަކަށް މައްސަލައަކަށް ވީއިރު އަނެއް ބަޔަކަށް އެކަން ވީ ކިޔަވައި ދިނުމުގެ ބަޔަކަށެވެ. ހަމަ އެ އައިޓަމަށް އެތައް ބައެއްގެ ތައުރީފު ވެސް ވަނީ ލިބިފަ އެވެ.
ދައުރުވާ ފޮޓޯއާ ގުޅިގެން ސުވާލު ކުރުމުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ ކޮންސެޓްގައި ބައިވެރިކުރަނީ ބެލެނިވެރިންގެ ހުއްދައާއެކު ކަމަށެވެ.
"ކޮންސެޓްގައި ކުދިން ބޭނުންވާ އައިޓަމްތަކުގައި ބައިވެރިވާނީ ބެލެނިވެރިންގެ ހުއްދައާއެކު. އެއީ ޑްރާމާ އަަށް ވިޔަސް ނޫނީ އެހެން އެއްޗަކަށް ވިޔަސް. ކޮންސެޓްގައި ބައިވެރިވާން ބޭނުންވި 700 އަށްވުރެ ގިނަ ދަރިވަރުން. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ލައިގެން، ކޮންމެ ޑްރާމާ އަކާއި ނެށުމެއް ވަކި ކުރުމުގެ ބަދަލުގައި ސްކްރިޕްޓެއް ލިޔުނީ، ސްޓޯރީއެއް ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ގްރޭޑް އެކަކުން ފަހެއްގެ ދަރިވަރުން ބައިވެރިވެ ހުށަހަޅައިދިން އެ އައިޓަމްގައި އެންމެ މުހިންމު ރޯލެއް ކުޅެނީ ރޮބޮޓްތަކެވެ.
އެއިން ދައްކުވައިދެނީ ރަށަކަށް ދަތުރުދާ އާއިލާއެކެވެ. މަންމަ އާއި ބައްޕަގެ އިތުރުން ތިން ކުދިންގެ އާއިލާއެކެވެ. ދަތުރުދާ ރަށުގެ އަތިރިމަތިން އެ ކުދިންނަށް ފެންނަނީ ރޮބޮޓެއް ލައްގާފައި އޮންނަތަނެވެ.
އެ ރޮބޮޓް ކުދިންނަށް އެކި ކަންކަން ދަސްކޮށްދެ އެވެ. ކުދިން އެކި ތަންތަނަށް ގެންގޮސްދީ، ކުދިން ބުނާ ތަންތަނަށް ދައްކާލައިދެ އެވެ. އޭގޮތުން އެ އައިޓަމްގެ ތެރެއިން އެ ރޮބޮޓް ދައްކުވައިދެނީ 2004ގައި ސުނާމީ އެރި ދުވަސްވަރެވެ.
ސުނާމީގައި މީހުން ހާލުގައި ޖެހުނު ގޮތާއި އެ ހާލަތުގައި މީހުން އުޅުނީ ކިހިނެއްކަން، ވަރަށް ރީއްޗަށް އެކުދިން ދައްކުވައިދެ އެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް ލިބުން ގެއްލުންތައް ދައްކާލައި، ކަނޑުގެ އަޑި ފަރުތަކާއި މަސްތަކާ އެއްޗެހި، ސަގާފީ ނެށުންތައް ވެސް ދައްކުވައިދެ އެވެ.
ކޮންމެ އައިޓަމެއް ވެސް ހުށަހަޅައިދެނީ އެކި ހުނަރުތައް ބޭނުންކޮށްގެން ދަރިވަރުންނެވެ. އެ ހުރިހާ އައިޓަމެއްގައި ކުދިންނާއެކު އެކި ތަންތަނުގައި ރޮބޮޓް ވެސް މަސައްކަތް ކުރެ އެވެ.
އަމީނިއްޔާ ކޮންސެޓްގެ އައިޓަމެއް. --- ފޮޓޯ: އަމީނިއްޔާ ސްކޫލު
"ދެން އެހެން ގޮސް އެ ރޮބޮޓަށް މައްސަލައެއް ޖެހޭތަން ދައްކަނީ. އެ މައްސަލަ ހައްލު ކުރުމަށް ގެންދަނީ ލެބަކަށް. ލެބަށް ގެންގޮސް ރަނގަޅު ކުރަން އުޅޭތަނުން ނުބައި ކެމިކަލެއް ލީކުވެ، އޭގެން ބިރުވެރި އަޑުތަކަކާއި ބިރުވެރި ރާގުތަކެއްގެ މައްސަލަތަކެއް މި އުޅެނީ ޖެހިގެން،" ޕްރިންސިޕަލް ވިދާޅުވި އެވެ.
"އެ ކުދިން ތިބޭނީ ހުދު ހެދުމުގައި ގައިގައި ކުލަ ޖައްސައިގެން. އެ ޑާންސްގެ ތެރެއިން ސްޓަންޓެއް ގޮތުގައި ދެ ކުއްޖަކު މައްޗަށް ހިއްލައިލަނީ. ކުދިން ވެސް ވަރަށް ތަރުހީބު. ވަރަށް މަޖާކޮށްފައި ހުރިހާ ކުދިން ވެސް އުޅުނީ."
އޭނާ ވިދާޅުވީ އެ ބަލައިގެން ކުދިން ބިރުން އުޅުނު ނަމަ އެއީ ކުދިންގެ މޮޅު ހުނަރު ކަމަށެވެ. އެކަމަކު އެ ދުވަހު އެ ތަނުގައި އެއްވެސް ކުއްޖަކު ރޮއެ، ބިރުން އުޅުންކަން އެނގިފައި ނުވާ ކަމަށް ވެސް ކަމަށް ނާޒްލީން ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު، ފެށުނީއްސުރެ ނިމެންދެން އެތަނުގައި ހުންނަން. އެއްވެސް ކުއްޖަކު ރޯ އަޑެއް ނާހަން. ބެލެނިވެރިއަކު ވެސް މައްސަލައެއް ނުޖައްސާ، ކުއްޖަކު ބިރުން އުުޅުން ކަމަކަށް. ނޫނީ ނަފްސާނީ ގޮތުން އަސަރުކޮށްގެނެއް."
"ދަންޖެހުމަކާ އެއަކާ ހަމަ އެއްވެސް ގުޅުމެއް ނެތް. އެކަހަލަ ކަމެއް ނުވެސް ކުރާނެ އެއްވެސް ސްކޫލަކުން."
އޭނާ ވިދާޅުވީ އެއީ މައްސަލައަކަށް ވާނަމަ އެ އައިޓަމް ހުށަހަޅައިދޭއިރު ދެން އެބައި ނުދައްކާނެ ކަމަށެވެ. އަމީނިއްޔާގެ ކޮންސެޓަށް ބާރުބޮޑުވެ މިރޭ ވެސް އިތުރު ޝޯއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް ދީފި
އަމީނިއްޔާގައި ހުރި ބައި ގަރުނުވީ ގަސް ވެއްޓިއްޖެ
ޝަތޫ މިސްގެ 22 އަހަރު ހާއްސައީ އެކުދިންނަށް
އެތައް އަހަރެއް ފަހުން ވެސް ވެލިކަލަގެ ހަނދާންތައް!
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
އަމީނިއްޔާގެ ކުރީގެ އިނޮމިކްސް ޓީޗަރު ކުމާރު ނިޔާވެއްޖެ
އަމީނިއްޔާގައި ޖިންސީ ފުރައްސާރަކުރި ޓީޗަރަކު ސަސްޕެންޑުކޮށްފި
ޓީޗަރު ޕޮޒިޓިވްވިޔަސް ދަރިވަރަކާ ކޮންޓެކްޓެއް ނުވޭ
އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ބަދަލުކުރަން ވިސްނަނީ
އާތިޔާ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓު