Roadha Mihaaru

އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު

16 އެޕްރީލް 2023

ވަރަށް ހެވިލައިފައި އޭނާ ކޮންމެ ދުވަހަކުހެން ވެސް ކުޑަކުދިންތަކާ އެކު އެ އުޅެނީ، އޭނާގެ ހިތުގައި ވަރަށް ބޮޑު އަޒުމެއް އޮވެގެންނެވެ. އެ ވާހަކަ ބުނާނެ ގޮތެއް ނެތަސް، އޭނާގެ ހުނަރާއި ހަރަކާތުން އެކަން އަންނަނީ ދައްކަމުންނެވެ.

ފ. މަގޫދޫގައި ހަސަން ސިޒްލީ އަކީ މަންމަން މީހެކެވެ. އުފެދުމުގައި ވެސް އޭނާ އަކީ ވާހަކަ ނުދެކެވޭ، އަދި އަޑު ވެސް ނީވޭ މީހެކެވެ. އެކަމަކު އޭނާ އެންމެ ތަންފުކެއް ވެސް ދުލެއް ނުދެ އެވެ. މި ރަށުގެ އެތައް ޒުވާނުންނަކަށް، އެ މީހުން ކުޑައިރު ފުޓުބޯޅައިގައި އެންމެ ބޮޑު އެހީތެރިކަމެއް ވެ ދިން "ކޯޗަކީ" އެއީ އެވެ.

"މިހާރު ވެސް ގައުމީ ޓީމުގެ ދެ ކުޅުންތެރިއެއް އުޅޭނެ އެއީ ކުޑައިރު ހަސަން އެ ކުދިން ގޮވައިގެން ދަނޑުގައި އުޅޭނީ،" އިޝާރާތުން ހަސަން ދެއްކި ވާހަކަތައް މި ނޫހަށް ކިޔައިދިން އީސާ ނަބީލް ބުންޏެވެ.

"މި ރަށުގެ ވަރަށް ގިނަ ކުޑަކުދިންނަށް އެންމެ ފުރަތަމަ ފުޓުބޯޅަ އަކީ ކޮން އެއްޗެއްކަން ވެސް ބުނެދީފައި ހުންނާނީ އޭނަ."

ހަސަން ދަނޑުގައި: އޭނާ ބުނާ ގޮތުން ކުދިންނަށް ފުޓުބޯޅަ ކުޅެން ދަސްކޮށްދިނުމަކީ އުފަލެއް --ފޮޓޯ: މިހާރު

ހަސަން ދަނޑުގައި: އޭނާ ބުނާ ގޮތުން ކުދިންނަށް ފުޓުބޯޅަ ކުޅެން ދަސްކޮށްދިނުމަކީ އުފަލެއް --ފޮޓޯ: މިހާރު

"އަޅުގަނޑަށް ވެސް މިހާރު 31 އަހަރުވީ. އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު ވެސް ހަސަން އުޅޭނެ ކުޑަކުދިންތައް ގޮވައިގެން ދަނޑުގައި ފުޓުބޯޅަ ދަސްކޮށްދޭން. އެހެންވެ، ބައެއް ކުދިންނަކީ އެ ކުދިންގެ ބެލެނިވެރިންނަށް ވުރެ ވެސް ހަސަން ބުނާ ގޮތް ހަދާނެ ކުދިން ދަނޑުތަކުގައި."

ހިނގުމުގައި އައިބު ކަމެއް ހުއްޓަސް، ހަސަން، 43، އަކީ ދުވެހަދައި، ފުޓުބޯޅަ ކުޅުމުގައި އުނދަގުލެއް ހުންނަ މީހެއް ނޫނެވެ. ނަބީލް ބުނާ ގޮތުން، ފްރީކިކްތަކުގައި ހަސަން ވަރުގެ މީހަކު ރަށުގައި ވެސް މަދުވާނެ އެވެ.

"ބޭނުން ކޮންމެ ތަނަކަށް ގޯލް ޖަހާނެ ހިލޭޖެހުންތަކުގައި،" އޭނާ ބުންޏެވެ.

ހަސަން ދަނޑުގައި: އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް -- ފޮޓޯ: މިހާރު

ހަސަން ދަނޑުގައި: އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް -- ފޮޓޯ: މިހާރު

ފުޓުބޯޅަ އަކީ ހަސަންގެ ހާއްސަ ކުޅިވަރެކެވެ. އޭނާ އަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ނަމަވެސް، ދެ އަތް އުރާލައިގެން ހުރުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ. އޭނާ ބެލީ، އޭނާގެ ފަރާތުން ވެސް ރަށަށް ހިދުމަތެއް ކޮށްދޭށެވެ.

"ހަސަން ބުނާ ގޮތުން އެންމެ އުފާވާނެ ދުވަހަކީ ވެސް ކުޅިވަރުން އޭނާ އުފައްދާ ކުދިން ރަށަށް ރީތި ނަން ހޯދައިދިނުން،" ނަބީލް ބުންޏެވެ.

"ހަސަން އަށް ފުޓުބޯޅައިގެ ހަމަ ހުރިހާ އެއްޗެއްހެން އިނގޭ. އޭނާ އަކީ ވަރަށް ގިނައިން ފުޓުބޯޅަ ބަލާ މީހެއް. ވަރަށް ގިނަ މެޗުތައް ބަލާނެ."

ހަސަން ޕްރެކްޓިސްގައި: އޭނާ އަކީ ވަރަށް ގިނަ ކުދިންނަށް ފުޓުބޯޅަ ކުޅެން ދަސްކޮށްދޭ މީހެއް -- ފޮޓޯ: މިހާރު

ހަސަން ޕްރެކްޓިސްގައި: އޭނާ އަކީ ވަރަށް ގިނަ ކުދިންނަށް ފުޓުބޯޅަ ކުޅެން ދަސްކޮށްދޭ މީހެއް -- ފޮޓޯ: މިހާރު

ހަސަން އަށް ދިމާވެފައިވާ ނުކުޅެދުންތެރިކަމުގެ މައްސަލަ އަށް މިހާތަނަށް ހަތަރު ވަރަކަށް ފަރުވާ ހޯދައިފި އެވެ. އެންމެ ފަހުން އޭނާ އެކަން ހުއްޓާލީ އޮޕަރޭޝަނަކަށް ތައްޔާރުވެފައި އޮއްވަ އެވެ.

"އެއީ ވަރަށް ރިސްކު ބޮޑު އޮޕަރޭޝަނަކަށް ވާތީ އޭނާގެ މަންމަ އޭރު އޮތް ހާލަތުން އެކަން ނުކޮށް ދޫކޮށްލީ،" ނަބީލް ބުންޏެވެ.

"އެކަމަކު އޭނާގެ އުންމީދަކީ އަދިވެސް އާންމު މީހެއްހެން އުޅުން."