Roadha Mihaaru

ސުޖުއާން: ޑިސްކަވަރީން ބޭރުގެ ރާޑަރަށް އެރި ދިވެހި ފޮޓޯގްރާފަރު

19 އެޕްރީލް 2023

ޖަންގަލި ތެރެއިން ނުކުތް މިނިކާވަގު, އުދުހެމުން ދިޔަ ކޮކާލަކަށް ގެއްލިފައި އިން މަންޒަރު ބަލާލަން ފުރިހަމަ އެވެ. އެ ފޮޓޯއިން ހިތްހަމަޖެހުން ލިބެ އެވެ. ނުފެންނަނީ ފޮޓޯގަނޑުގެ ފަހަތުގައި ހިނގާ ކަންކަމެވެ. ހޭދަވާ ވަގުތެވެ. ފޮޓޯގްރާފަރުގެ އޮތް ޝައުގުވެރިކަމެވެ.

ފަޒީނާ އަހުމަދު އދ. ފެންފުށިން ފަޒީނާ އަހުމަދު

ޖަންގަލި ތެރެއިން ނުކުތް މިނިކާވަގު, އުދުހެމުން ދިޔަ ކޮކާލަކަށް ގެއްލިފައި އިން މަންޒަރު ބަލާލަން ފުރިހަމަ އެވެ. އެ ފޮޓޯއިން ހިތްހަމަޖެހުން ލިބެ އެވެ. ނުފެންނަނީ ފޮޓޯގަނޑުގެ ފަހަތުގައި ހިނގާ ކަންކަމެވެ. ހޭދަވާ ވަގުތެވެ. ފޮޓޯގްރާފަރުގެ އޮތް ޝައުގުވެރިކަމެވެ.

އެ ފޮޓޯ ނެގުނީ މިނިކާވަގު އަތުލައިގަންނަން ޖަންގަލި ތެރޭގައި އުޅޭތާ ދެ ދުވަސްފަހުންނެވެ. މުޅި ޖަންގަލި އެލާޓްކޮށްލައި ނުކުންނަ މިނިކާވަގަށް ސިއްސުވާނުލެވުނީ ދިވެހި ފޮޓޯގްރާފަރު ސުޖުއާން ގާސިމެވެ. މި ޖެހިލުންކުޑަކަމުގައި ޖަންގަލިން ދައްކާ ވައިލްޑްލައިފް (ވަލު ޖަނަވާރުން)ގެ ފޮޓޯތަކުން ބޭރުގެ ރާޑަރަށް އޭނާ އަރައިފި އެވެ.

ޓައިގާ ޖަންގަލިން ނުކުމެގެން އަންނަނިކޮށް ފެނުނު ކޮކާލަށް ބަލަހައްޓައިގެން.

ޓައިގާ ޖަންގަލިން ނުކުމެގެން އަންނަނިކޮށް ފެނުނު ކޮކާލަށް ބަލަހައްޓައިގެން.

ވަލު ޖަނަވާރުންގެ ގުދުރަތީ މާހައުލާއި މިޒާޖާއި އެކި ހަރަކާތްތައް ފެންނަ އޭނާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެ އެވެ. ބީބީސީ އާއި ޑިސްކަވަރީ އާއި ނެޓްޖިއޯ އާއި އެނިމަލް ޕްލެނެޓް ފަދަ ބޮޑެތި ޗެނަލްތަކުން ދައްކަ އެވެ.

ސުޖުއާން ފޮޓޯނަގަނީ: އޭނާގެ ޝައުގުވެރިކަމަކީ ވަލު ޖަނަވާރުތަކުގެ ފޮޓޯ ނެގުން.

ސުޖުއާން ފޮޓޯނަގަނީ: އޭނާގެ ޝައުގުވެރިކަމަކީ ވަލު ޖަނަވާރުތަކުގެ ފޮޓޯ ނެގުން.

ސުޖުއާން, މި އިންޓަވިއުގައި މި ކިޔައިދެނީ އެސްފިޔަ ޖަހާނުލައި ލަޔަން ކިންގް ބަލަން އިނދެ އެންމެ ފަހުން ވައިލްޑްލައިފް ތެރެއަށް ވަދެވުނު ގޮތެވެ.

"އެންމެ ފޮޓޯއެއް ނަގަން ދެތިން ހަތަރު ދުވަހު މަޑުކޮށްގެން ހުންނަން. އެހެންވިޔަސް ވަރަށް އެކްސައިޓިން, ވޯތު ކަމެއް މިއީ," އޭނާ ބުންޏެވެ.

ފޮޓޯތަކުން ފެންނަ ވާހަކަތައް ކިޔައިދިނުމުގެ ކުރިން، އޭނާގެ ވަރަށް ހާއްސަ ފޮޓޯއެއް "މިހާރު"ގެ ކިޔުންތެރިންނަށް ދޫކޮށްލި އެވެ. އެއީ، އެއްވެސް ޕްލެޓްފޯމެއްގައި ޕޯސްޓްނުކުރާ، ސުޖުއާންގެ ކަނޑުއަޑީގެ ގެލެރީން ފޮޓޯއެކެވެ.

ސުޖުއާން މި އިންޓަވިއުގައި އާއްމުކުރި ޑޮލްފިން ފޮޓޯއެއް

ސުޖުއާން މި އިންޓަވިއުގައި އާއްމުކުރި ޑޮލްފިން ފޮޓޯއެއް

"މި ޑޮލްފިންއަކީ މިހާތަނަށް ނެގުނު އެންމެ ފެވަރިޓް އެއް ޕިކްޗާ. މި ވީޑިއޯއިން ފުރަތަމަ ފަހަރަށް މި ޕިކްޗާ މި ރިލީޒްކޮށްލަނީ."

"ވައިލްޑްލައިފަށް ވަދެވުނީ ޑޮކިއުމެންޓްރީން"

ސުޖުއާން ވައިލްޑްލައިފަށް ގެންދިޔައީ އޭނާ ބެލި ޑޮކިއުމެންޓްރީތަކެވެ. އޭގެއިން ފެންނަ ޖަނަވާރުތައް އުޅޭ ގޮތާއި ކުރާ ކަންކަމާއި އެކަކު އަނެކައްޗާ އޮންނަ ގުޅުން ފެނުމުން އެނާ ދުވަނީ ގެ ކައިރިން ބުޅާތަކާއި އަތިރިމަތީގައި އުޅޭ ދޫނިތައް ފަހަ އެވެ.

ފޮޓޯގްރާފަރު ސުޖުއާން؛ އޭނާގެ ފޮޓޯތައް ބޮޑެތި ޗެނަލްތަކުން ދެއްކި

ފޮޓޯގްރާފަރު ސުޖުއާން؛ އޭނާގެ ފޮޓޯތައް ބޮޑެތި ޗެނަލްތަކުން ދެއްކި

ފެންފުއްޓަށް އުފަން ސުޖުއާން ސްކޫލް ނިންމުމަށް ފަހު ފުރަތަމަ ވަޒީފާއަކީ ރިސޯޓެވެ. ގެސްޓުން ގޮވައިގެން ސްނޯކްލިންއަށް ގޮސް އުޅުނު އިރު ސުޖުއާންގް ހިތް ދަމައިގަތީ ކަނޑުއަޑިން ފެންނަ ހިތްގައިމުކަމަށެވެ. މޫދުން އެރުމާ އެކު އޭނާއަށް ކުރެވެނީ "ބަންދުވެގެން" އުޅުން ކަހަލަ އިހްސާސަކެވެ. ރިސޯޓް ލައިފާ އޭނާ ގަޔާނުވީ އެވެ. މާބޮޑަށް ސްޓްރެސްވާހެން ހީވާތީ އެކަމުން އަރައިގަނެވޭނެ ގޮތަކަށް ހޯދީ ކަނޑު އަޑިން ނެގި ފޮޓޯތައް އަމިއްލަ ހިތްހަމަޖެހުމަށް ސޯޝަލްމީޑިއާއަށް ދޫކޮށްލުމެވެ.

"އޭގެތެރެއިން ޕޯސްޓްކުރި ޝާކް ފޮޓޯއެއް ވަރަށް ބޮޑަށް ވައިރަލްވެ އެ ފޮޓޯ ޑިސްކަވަރީގައި ފީޗާކުރީ,"

އެންމެ ފުރަތަމަ ވައިރަލްވި ފޮޓޯ: މިއީ ޑިސްކަވަރީން އެންމެ ފުރަތަމަ ދެއްކި ފޮޓޯ

އެންމެ ފުރަތަމަ ވައިރަލްވި ފޮޓޯ: މިއީ ޑިސްކަވަރީން އެންމެ ފުރަތަމަ ދެއްކި ފޮޓޯ

އެ ފޮޓޯ ބޭނުންވެގެން އެ ޗެނަލުން ގުޅި ދުވަހު ވީ އުފަލެއް ނޭނގެ އެވެ.

"ވަރަށް އުފާވި. އެންމެ ކުޑައިރުއްސުރެން ޑިސްކަވަރީ ޗެނަލްގެ ޑޮކިއުމެންޓްރީ އެއްޗެހި ބަލަމުން [ވައިލްޑްލައިފަށް] ހިތް ޖެހުނީ. އެ މީހުންގެ ރާޑަރަށް އެރީމަ އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް," ސުޖުއާން ބުންޏެވެ.

އެ ފޮޓޯގެ ޖާދުއިން ސުޖުއާނަށް ވަރަށް ގިނަ ޕްރޮޖެކްޓްތައް ލިބުނެވެ. އޭގެތެރޭގައި ވައިލްޑްލައިފް ޑޮކިއުމެންޓްރީ ގެނެސްދޭ ބޭރުގެ ބޮޑެތި ޗެނަލްތައް ހިމެނެ އެވެ.

ފޮޓޯގްރާފަރު ސުޖުއާން: އެންމެ ފޮޓޯއަކަށް ދެތިން ދުވަސް ހޭދަކުރަން ޖެހުމަކީ އޭނާއަށް މައްސަލައެއް ނޫން.

ފޮޓޯގްރާފަރު ސުޖުއާން: އެންމެ ފޮޓޯއަކަށް ދެތިން ދުވަސް ހޭދަކުރަން ޖެހުމަކީ އޭނާއަށް މައްސަލައެއް ނޫން.

"ވައިރަލްވި ފޮޓޯއަށް ފަހު ވޭލްޝާކް ޓާޓްލް ޑޮލްފިން, ޓައިގާ ފޮޓޯތައް ނަގަން ޖެހުނު. އޭގެތެރެއިން 10-15 ފޮޓޯ ޑިސްކަވަރީގައި ފީޗާކުރި. ބީބީސީ އާއި ނެޓްޖިއޯ އާއި އެނިމަލް ޕްލެނެޓުގައި ވެސް ފީޗާކުރި."

އެ ފޮޓޯތަކަށް ރަނގަޅު އަގެއް ލިބުމުން އޭނާގެ ދަތުރުފަށަނީ އެކި ފޮރެސްޓްތަކަށެވެ. މި ސަރަހައްދުގައި އިންޑިއާ އާއި ލަންކާގައި ވެސް ވަރަށް ގިނަ އަދަދަކަށް ވަލު ޖަނަވާރު އުޅޭތީ އެތަނަށް ވެސް ވަރަށް ގިނަ ފަހަރު ދެވިއްޖެ އެވެ.

ސުޖުއާން ފޮޓޯއެއް ނަގަނީ: މިހާތަނަށް ވަރަށް ގިނަ ފޮޓޯތައް އޭނާ ވަނީ ނަގާފައި.

ސުޖުއާން ފޮޓޯއެއް ނަގަނީ: މިހާތަނަށް ވަރަށް ގިނަ ފޮޓޯތައް އޭނާ ވަނީ ނަގާފައި.

އެންމެ ޖަނަވާރެއް އަތުލައިގަންނަން ކެމެރާ ދިއްކޮށްގެން މުޅި ދުވަސް ވެސް ހޭދަކޮށްފާނެ އެވެ.

ޓައިގާ, ލެޕަޑްސް, އެލެފެންޓްސް ކްރޮކޮޑައިލްސް, ބާޑްސްއަކީ މި ސަރަހައްދުގެ ގައުމުތަކުން އޭނާ ނެގި އެންމެ އާއްމު ފޮޓޯތަކެވެ. ބްލެކް ޕެންތާއަކާ ވެސް ދިމާވި އެވެ. އެކަމަކު ޖަންގަލީގެ މާ އެތެރޭގައި އޮތުމުން ފޮޓޯއެއް ނުލިބުނެވެ.

"އިންތިޒާރުކުރަން ބްލެކްޕެންތާއަށް, އަދި ދިމާވާނެ."

ސުޖުއާން ނެގި ފޮޓޯއެއް

ސުޖުއާން ނެގި ފޮޓޯއެއް

މި ސަރަހައްދުން ދުރަށް, އެފްރިކާ އާއި ބްރެޒިލް ފަދަ ގައުމުތައް އޭނާގެ ލިސްޓުގައި އެބަހުއްޓެވެ.

"އެންމެ ފުރަތަމަ ޓައިގާ ޓްރެކްކުރި ދުވަސް"

ވައިލްޑް ލައިފް ފޮޓޯގްރަފީގައި ސުޖުއާން އެންމެ ފުރަތަމަ ފޮޓޯއަކީ އޭނާއަށް އެންމެ ކަމުދާ ޓައިގާއެކެވެ. ޖަންގައްޔަށް ވަނުމުން ފެންނަނީ ހަމައެކަނި ފޮޓޯނަގަންދާ ޖަނަވާރެއް ނޫނެވެ. ވަރަށް ޝައުގުވެރި އެހެން ބައިވަރު އެއްޗެހި ވެސް ފެނެ އެވެ. އެ އެއްޗިއްސަށް ކެމެރާ ފޯކަސްކުރަމުން، ކެތްތެރިކަމާ އެކު ޓައިގަ ނުކުންނާނެ ވަގުތަކަށް ބަލަބަލައި އޮންނަން ޖެހެ އެވެ.

ސުޖުއާންގެ ނެގި ވައިލްޑްލައިފް ފޮޓޯއެއް

ސުޖުއާންގެ ނެގި ވައިލްޑްލައިފް ފޮޓޯއެއް

ޖަންގަލިގެ ތެރޭގައި އުޅޭއިރު ސަމާލުކަން ދޭން ޖެހެނީ އެލާމް ކޯލްސްތަކަށެވެ. ޑިއަ, މަންކީ, ބާޑްސް އެއްޗެހި ޓައިގާއެއް ފެނުމުން އެލާމް ކޯލްސް ދެނީ ބިރުންނެވެ.

ދެން ޖެހެނީ އޭތި ނުކުންނާނެ ގަޑިއަކަށް އިންތިޒާރުކުރާށެވެ. އެންމެ ފުރަތަމަ ޓްރެކްކުރި ދުވަހު އިރުއޮއްސެން އުޅެނިކޮށް ވަރަށް ދުރުން ފެނުމުން ފޮޓޯއެއް ނުނެގުނެވެ.

ކިރިޔާ ނަމަކަށް ފެނިލީ އެވެ. އެކަމަކު ޓައިގާގެ އަސްލު މާހައުލުގައި, މޫނުމަތިން އެ ފެންނަ ސިހުން ގެނުވާ ގޮތްގަނޑާ އެކު ފެނުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް ސުޖުއާން ބުންޏެވެ.

ސުޖުއާން ނެގި ފޮޓޯއެއް

ސުޖުއާން ނެގި ފޮޓޯއެއް

ދެވަނަ ދުވަހު ނަސީބު ރަނގަޅެވެ. ހެނދުނު ޓްރެކިން ފައްޓައިގެން ތިން ގަޑިއިރުވި ފަހުން, ގަސްގަނޑު ތެރެއިން ޓައިގާ ފުންމާލީ އޭނާ އިން ވެހިކަލްގެ ކުރިމައްޗަށެވެ. އެއީ ޑޮކިއުމެންޓްރީގައި އޭނާ ބެލި ޓައިގާތައް ބާރުއަޑުން ގޮވަމުން ކުރިމަތިން ހަމަ ލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ.

އޭތީގެ މާހައުލަށް އިންސާނަކު ވަދެ އުޅެނިކޮށް ފެނުމުން ދެ ލޯބޮޑުކޮށްގެން ބަލަހައްޓައިގެން އޮތް ޓައިގާ އާއި ސުޖުއާންއާ ދެމެދު ހުރީ ދިހަވަރަކަށް ފޫޓެވެ.

ސުޖުއާން ބުނި ގޮތުގައި ވިއްސަކަށް މިނެޓް ބަލަހައްޓައިގެން އޮތެވެ. ނުރައްކާ ވަގުތުކޮޅެކެވެ.

"ބިރެއް ނުގަނޭ. ވަރަށް އުފާވި ފެނުނީމަ. މިހާތަނަށް ޓައިގާގެ އެންމެ ފެވަރިޓް އެއް ފޮޓޯ ލިބުނީ އެ ދުވަހު."

ޓައިގާއެއްގެ ފޮޓޯ ނަގާފައި: މިއީ އޭނާ އެންމެ ފޮޓޯ ނަގާ ހިތްވާ ޖަނަވާރު.

ޓައިގާއެއްގެ ފޮޓޯ ނަގާފައި: މިއީ އޭނާ އެންމެ ފޮޓޯ ނަގާ ހިތްވާ ޖަނަވާރު.

ފޯނުގެ ވޯލްޕޭޕާއަށް ލާފައި އިން ފޮޓޯ ދައްކަމުން ސުޖުއާން ބުންޏެވެ.

"އޭގެފަހުން އެންމެ ސަޅި އެކްސްޕީރިއެންސަކީ ލެޕަޑް ޓްރެކްކުރުން. ފޮޓޯ ނަގަން ދިޔަ ޕާކަކުން ފެނުނު ދުވަހު އޭގެ ފަހަތުން ހިނގާފައި ވެސް އުޅުނިން. އެއީ ކްލައުޑްސްތަކުގެ ތެރޭގައި އިންނަ ފޮރެސްޓެއް. ވަރަށް ފިނިގަދަ, ގަސްތަކާ އެއްޗެހި ވެސް ހުންނާނީ ފެހި ޖަހާފައި. ދެތިން ފަހަރަކު ދިޔައީ ވަރަށް ސަޅިތަކަށް ވީމަ,"

އަދަދުނުކުރެވޭހާ ގިނަ ފޮޓޯ އާއި ފޮލޯވަރުން!

ސުޖުއާންގެ ޑްރީމަކީ މި ފީލްޑަށް ހުސްވެ ކުރިއަށް ދިއުމެވެ.

މިހާތަނަށް ވައިލްޑްލައިފްގެ 500 ޖީބީއަށް ވުރެން ގިނަ ފޮޓޯ ނެގިއްޖެ އެވެ. އޭގެތެރޭގައި އޭނާގެ ފެވަރިޓްސް ވެސް އެހާ ގިނަ އެވެ.

އެންމެ ފުރަތަމަ ނެގި ޓައިގާ އާއި ޑިސްކަވަރީން ޕޯސްޓްކުރި ޝާކް ފޮޓޯ އާއި ނާސް ޝާކާއި ޑޮލްފިން އާއި ރަށުގައި ނެގި ބްލެކް ކެޓު ހިމެނެ އެވެ.

.

.

ސުޖުއާންގެ ފޮޓޯތަކަށް ވަރަށް ގިނަ ބަޔަކު ތައުރީފްކުރެ އެވެ. އެއީ ބައެއް މީހުންގެ އެންމެ ބެސްޓް ވައިލްޑްލައިފް ފޮޓޯގްރާފަރެވެ. ގައުމުތަކުން އޭނާގެ ފޮޓޯތައް ފޮލޯކުރާ އެތައް ބަޔަކު އުޅެ އެވެ.

"ބޭނުންވަނީ ފޮޓޯގްރަފީ އެކްސްޕެޑިޝަން ގޮތަށް ޖެއްސޭ ލެވެލްއަށް ގެންދަން, ދެން ހަމަ ދެވޭ އެންމެ ކުރިއަކަށް ދާން."

.

.

ވައިލްޑްލައިފް ފޮޓޯގްރަފީއަކީ ސުޖުއާން ބުނިގޮތުގައި ހޮބީއެއްގެ ގޮތަށް ވެސް ކުރަން ރަނގަޅު ކަމެކެވެ. ދިވެހިންނަކީ އާއްމުކޮށް ދަތުރުކުރާއިރު އެ ދާ ތަންތަނަކީ ވެސް ވަލު ޖަނަވާރުތައް ވަރަށް ގިނައިން އުޅޭ ސަރަހައްދުތަކެވެ. ކޮންމެ ދަތުރަކަށް 2,000-3,000 ޑޮލަރު ހޭދަކުރާއިރު އޭގެތެރެއިން ކޮންމެވެސް މިންވަރެއް ޖަންގަލް ސަފާރީއަކަށް ދާން ސުޖުއާން އެދުނެވެ.

"އެންމެ ފަހަރަކު އެކްސްޕީރިއަންސްކޮށްލަން ވިޔަސް ދާންވާނެ. މާލޭގައި ސިޓީއެއްގައި, ބޭރަށް ގޮސް ވެސް ސިޓީއެއްގައި އުޅުމަށް ވުރެން ޔުނީކް އެކްސްޕީރިއަންސަކަށް ވާނެ ނޭޗާއާ ކަނެކްޓްވެލުން," ސުޖުއާން ވިދާޅުވި އެވެ.

"ރާއްޖޭގައި އުޅޭ ވަރަށް ގިނަ ފޮޓޯގްރާފަރުން ހަމަ ޗެލެންޖެއްގެ ގޮތުގައި ކޮށްލަން ވެސް ރަނގޅު ކަމއް ވައިލްޑްލައިފަކީ. ޕޯޓްރެއިޓްގައި ސަބްޖެޓާ ކަނެޓްވެގެން ޕޯސްކޮށްގެން ފޮޓޯ ނެގިއަސް ވައިލްޑްލައިފްގައި އެ މީހުންނަށް ޑިޕެންޑްވާން ޖެހޭނީ," މިނިވަންކަމާ އެކު ޖަނަވާރުތައް އުޅޭއިރު ފޮޓޯގްރާފަރު ހުންނަން ޖެހެނީ ކޮއްޓަކަށް ލެވިގެން ކަން ސިފަކޮށްދެމުން ބުންޏެވެ.

ވައިލްޑްލައިފް ނަގަން އެންމެ ރަނގަޅުވާނީ ކޮން ކެމެރާއެއް ނުވަތަ ކޮން ލެންސަކުންތޯ އެއީ ވަރަށް ގިނައިން އަހާ ސުވާލެއް ކަމަށް ސުޖުއާން ބުންޏެވެ. އޭނާ ދެކޭ ގޮތުގައި އެ މީހަކަށް އެފޯޑް ކުރެވޭ ކެމެރާއަކީ އެންމެ ރީތި ފޮޓޯ ނެގޭނެ ކެމެރާ އެވެ.

.

.

މި އިންޓަވިއުއަށް އަށް އޭނާއަށް ވަގުތުކޮޅެއް ލިބުނީ ވައިލްޑްލައިފް ނަގަން ސްރީ ލަންކާގައި ހަފުތާއެއްހާ ދުވަސް ހޭދަކޮށްފަ އެވެ. ރާއްޖޭގައި މިވަގުތު ހުއްޓަސް އޭނާގެ ކެމެރާގެ ލެންސުގެ ފޯކަސް އާއި ހިތް އޮތީ ވައިލްޑްލައިފަށެވެ.

"ސްނޯ އާއި ކްލައުޑެޑް ލެޕަޑް އާއި ބްލެކްޕެންތާ އާއި ޕޫމާ ފަދަ ޖަނަވާރުތައް ނަގަން މިހާރު ބޭނުންވަނީ."

ބޭރުގެ ރާޑަރަށް އޭނާ އެރީ ވައިލްޑްލައިފަށް އޮންނަ މި ޝައުގުވެރިކަމުންނެވެ.