Roadha Mihaaru
އެއާޕޯޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ: އަސްލަމް

ހަދަން ޖެހޭ އެއާޕޯޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ: އަސްލަމް

15 މާޗް 2023

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ހެދުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ބާކީ މަޝްރޫއުތަކާ އެކު ދެން ރާއްޖެ އަށް އިތުރު އެއާޕޯޓެއް ބޭނުން ނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ގދ.ފަރެސްމާތޮޑާ ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ހެދުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ބާކީ މަޝްރޫއުތަކާ އެކު ދެން ރާއްޖެ އަށް އިތުރު އެއާޕޯޓެއް ބޭނުން ނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގައި ސާފު ޕްލޭނެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުން ކަމަށް ފަރެސްމާތޮޑާ އަށް އުފަން އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން އަންނަނީ ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

"މިހާތަނަށް އައި އިރު އަޅުގަނޑުމެންނަށް މިހާރު މި ވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ 80 ޕަސެންޓު ނިމިފައި،" އަސްލަމް ވިދާޅުވި އެވެ.

ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އެއާޕޯޓުގެ 80 ޕަސެންޓު ނިމިފައިވާ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އެއާޕޯޓުގެ 80 ޕަސެންޓު ނިމިފައިވާ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވިގޮތުގައި، މި ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކާ އެކު އިތުރު އެއާޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެ އެވެ. އެކަމަކު، އިތުރު އެއާޕޯޓްތައް ހަދަން ނުޖެހުނަސް، އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއާޕޯޓްތައް މަރާމާތު ނުވަތަ އާ ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ

"އެބަހުރި އެންމެ ފުރަތަމަ އެޅުނު އެއާޕޯޓުތައް ވަރަށް ހާލުގައި. އެ ތަން ތަން ތަރައްގީ ކުރަން ޖެހޭ. ރީޑިވެލޮޕް ކުރަން ޖެހޭ. އެކަން ގަބޫލު ކުރަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރްޓީއެލްގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ވިދާޅުވީ އާރްޓީއެލްއާ އެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.

"އެ ޕްރޮގްރާމްގެ ދަށުން މިހާރު އެ ވަނީ ހއ. އދ. ށ އަދި ޅ. އަތޮޅުގައި ދަތުރުތައް ފަށާފައި. ދެ ލައްކަ އަށް ވުރެ ގިނަ މީހުން ހަ މަސް ދުވަހުގެ ތެރޭގައި ދަތުރަށް އަރައިފި. ދެކުނުގެ ރީޖަންގައި [ގއ، ގދ] މި ޒޯނުގައި ޖުލައި މަހު ދަތުރު ފަށާނަން،" އަސްލަމް ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ސަރުކާރުން ހެދި ފަރެސްމާތޮޑާ އެއާޕޯޓާ އެކު، ރާއްޖޭގައި ހިންގާ އެއާޕޯޓްތަކުގެ އަދަދު 18 އަށް އެރީ އެވެ.