Roadha Mihaaru
ޗެލްސީ އިން ސްޓޭޑިއަމުގައި ރޯދަވީއްލުމެއް ބާއްްވަނީ

ޗެލްސީ އިން ސްޓޭމްފޯޑް ބްރިޖުގައި ރޯދަ ވީއްލުމެއް ބާއްވަނީ

15 މާޗް 2023

ލަންޑަން (މާޗު 15) - އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އިން މި އަހަރުގެ ރޯދަމަހު، އެޓީމުގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ސްޓޭމްފޯޑް ބްރިޖުގައި އެގައުމުގެ މުސްލިމް ކޮމިއުނިޓީ އަށް ހުޅުވާލައިގެން ރޯދަ ވީއްލުމެއް ބާއްވަން ތާވަލު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 15) - އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އިން މި އަހަރުގެ ރޯދަމަހު، އެޓީމުގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ސްޓޭމްފޯޑް ބްރިޖުގައި އެގައުމުގެ މުސްލިމް ކޮމިއުނިޓީ އަށް ހުޅުވާލައިގެން ރޯދަ ވީއްލުމެއް ބާއްވަން ތާވަލު ކޮށްފި އެވެ.

ހިޖްރީ ގޮތުން މި ހިނގާ 1444 ވަނަ އަހަރުގެ ކުރިއަށް އޮތް ރޯދަ މަހާ ގުޅުވައިގެން ޗެލްސީ އިން ބާއްވާ ރޯދަ ވީއްލުން ބާއްވަން ހަމަޖެހިފައި ވަނީ މާޗު 26 ވާ އާދިއްތަ ދުވަހުގެ އިރު އޮއްސޭއިރެވެ. ޗެލްސީ އިން ރޯދަ ވީއްލުން ބާއްވަން ހަމަޖެހިފައި ވަނީ އެ ގައުމުގެ ޗެރިޓީ އަށް މަސައްކަތްކުރާ "ރަމަދާން ޓެންޓް ޕްރޮޖެކްޓް" ޖަމިއްޔާއާ ގުޅިގެންނެވެ.

މިއީ ޕްރިމިއާ ލީގުގެ ކުލަބަލުން އެޓީމުގެ ސްޓޭޑިއަމް ގައި މުސްލިމް ކޮމިއުނިޓީއަކަށް ހުޅުވާލައިގެން ރޯދަ ވީއްލުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މިކަން ހާމަކޮށް ޗެލްސީ އިން ނެރުނު ބަޔާނުގައި އެ ކުލަބުގެ ފައުންޑޭޝަންގެ އިސްވެރިޔާ ސިމޯން ޓޭލާ ބުނެފައި ވަނީ، އެއްވެސް ބަޔަކު ބާކީ ނުކޮށް ރޯަ މަސް ފާހަގަކޮށް މުސްލިމް ކޮމިއުނިޓީ އެކުގައި އެއްތާކުން ދިމާވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ކުލަބަށް ލިބިދޭ އުފަލެއް ކަމަށެވެ. އަދި މިކަން ކުރިއަށް ދާނީ އެ ކުލަބުން 2021 ގައި ފެށި "ނޯ ޓު ހޭޓް" ކެމްޕޭނުގެ ބައެއްގެ ގޮތުގައި ކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ޗެލްސީ އަށް މިވަގުތު ކުޅޭ މުސްލިމް ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ގެ އިތުރުން ވެސްލީ ފޮފާނާ، ހަކީމް ޒިޔެޝް، ކަލިދޫ ކުލިބާލީ އަދި ލޯނު އުސޫލުން ފްރާންސް ލީގުގައި ކުޅޭ މަލަންގް ސާ ހިމެނެ އެވެ.

ކުލިބާލީ އާއި ފޮފާނާ ވަނީ ޗެލްސީގެ ރޯދަ ވިއްލުމުގެ ޕްރޮގުރާމާ ގުޅިގެން އުފާވެރި އިހުސާސްތަކެއް ހިއްސާ ކޮށްފަ އެވެ. ކުލިބާލީ އޭނާގެ ސޯޝަލް މީޑިއާ ގައި ހިއްސާ ކުރި ވީޑިއޯ އެއްގައި ބުނީ، އެކުގައި ކައި، ނަމާދު ކޮށްލައި، ހޭދަކުރެވޭ ވަގުތުކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ވާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ގައުމީ ތަފާސްހިސާބުތަކުން އިން ދައްކާ ގޮތުގައި އެ ގައުމުގައި ގާތްގަނޑަކަށް 3.9 މިލިއަން މުސްލިމުން ދިރިއުޅެ އެވެ.