13 މާޗް 2023
މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ އެކަން އަވަސް ކޮށްދިނުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ އެކަން އަވަސް ކޮށްދިނުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރެއް ކަމަށްވާ އާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަވައި ބޯހިޔާވެހިކަން ބޭނުންވާ ކޮންމެ މީހަކަށް ފަސް އަހަރު ނިމުމުގެ ކުރިން އެކަން ފަހިކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
އެކަމަކީ އެމްޑީޕީގެ މެނިފެސްޓޯ އާއި ގާނޫނުއަސާސީ ރައީސް އަށް ކުރަން ލާޒިމްވާ ކަމެއް ކަމަށާއި ހަމަހަމަ އުސޫލަކުން އެ ހައްގު ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެ އެވެ.
އެހެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުން ތަކުރާރުކޮށް އެދުމުން ވެސް އެ މަސައްކަތް ކުރަމުން ދަނީ އެހާމެ ލަސް އަދި އެއްވެސް މިސްރާބެއް ނެތް ގޮތަށް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބާ ގުޅިގެން ބައެއް މަޖިލިސް މެންބަރުންނާއި މިނިސްޓަރު މާލެ ރައްޔިތުންގެ ގޭގެއަށް ވަޑައިގެން އެއްވެސް އުސޫލެއް ނެތި ފްލެޓު ދޭނެ ކަމަށް ވިދާޅުވެ ވޯޓު ހޯދުމުގެ ނިޔަތުގައި އޮޅުވާލަމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.
ބޯހިޔާވެހިކަން ފޯރު ކޮށްދިނުމަށް މިހާތަނަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި އިތުރަށް އެ މަސައްކަތް ދިގުދަންމައި ނުލައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ސަރުކާރުން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓުތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފްލެޓާއި ގޯތި ދީ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
އީވާގެ ޝަކުވާ، މާލޭމީހުންގެ ހިޔާވަހިކަމަށް ކަމެއް ނެތް
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
ގޯތިދިނުމުގެ ޝަރުތު ބަދަލުކުރާކަށް ނުވިސްނަން: އަސްލަމް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ގިރާވަރު ފަޅުން މާލޭ މީހުންނަށް 2000 ގޯތި ދޫކުރަނީ
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ކުއްޔަށްދިނުމުގެ ބިލް ފާސްކުރީ މުހިންމު ބައިތައް ނުލައި
މާލެއަށް ވީގޮތެއް ސަރުކާރަކުން ނުބެލި: އިންތި
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް