11 މާޗް 2023
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން ކަންކަމުގައި ބައިވެރިވެ އުޅޭ މުހިންމު ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ކެއާ ސޮސައިޓީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާގެ ބޯޑުގެ ރައީސް އިސްމާއިލް އަދުހަމް ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން ކަންކަމުގައި ބައިވެރިވެ އުޅޭ މުހިންމު ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ކެއާ ސޮސައިޓީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާގެ ބޯޑުގެ ރައީސް އިސްމާއިލް އަދުހަމް ވިދާޅުވެއްޖެ އެވެ.
ކެއާ ސޮސައިޓީގެ ހުސްވެފައިވާ މަގާމްތަކަށް މެންބަރުން ހޮވުމާއި އަސާސީ ގަވައިދަށް ބަދަލުތައް ގެނައި، 24 ވަނަ އަހަރީ އާންމު ޖަލްސާ އަދުހަމް އިއްޔެ ވިދާޅުވީ މި އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެއާ ސޮސައިޓީގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެޗްޑީސީއާ އެކު މިހާރު ކޮށްފައިވާ މަޝްވަރާތަކުން، ހިދުމަތް ދޭނެ ތަނެއް ހަމަޖެހި، މި އަހަރު އޮގަސްޓު މަހު އެތަން ހުޅުވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެއާ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާގައި މެންބަރުން ވޯޓު ދެނީ. --ފޮޓޯ: ކެއާ ސޮސައިޓީ
ކެއާ ސޮސައިޓީގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ހދ. ކުޅުދުއްފުށީގައި ވެސް އެ ޖަމިއްޔާގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވީ އެ ހުރިހާ ހިދުމަތެއް އެއްފުރާޅެއްގެ ދަށުން ދިނުމަށް ހިންގާ ޑްރީމް ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
ކެއާ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާގައި ބައެއް ބައިވެރިން. --ފޮޓޯ: ކެއާ ސޮސައިޓީ
އަދުހަމް ވިދާޅުވީ ޖަމިއްޔާގެ މަސައްކަތްތައް ތިން ދާއިރާއަކަށް ބަހާލާފައިވާ ކަމަށެވެ. އެއީ ޅަފަތުގައި އާލީ އައިޑެންޓިފިކޭޝަނާއި އިންޓަވެންޝަން ފޯރުކޮށްދިނުމާއި ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދަން ނުވަތަ ވަޒީފާއަށް ނެރުމަށް ޕްރޮގްރާމް ހިންގުން ކަމަށް އަދުހަމް ވިދާޅުވި އެވެ. އަދި ތެރަޕީ އާއި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ޖަލްސާގައި ކެއާ ސޮސައިޓީން ވަނީ އެ ޖަމިއްޔާ އަށް އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ސެޓްފިކެޓް ދީފަ އެވެ.
ކެއާ ސޮސައިޓީގެ ވީޓީޔޫ އަށް ދިރާގުގެ އެހީ
ކެއާ ސޮސައިޓީގެ އަހަރީ ދުވަސް ފައިސަލްއާއެކު
ކެއާ ސޮސައިޓީގެ ޓީޗަރެއްގެ މުސާރަ ސްޓެލްކޯ އިން ދެނީ
އެހީތެރިކަން ފޯރުކޮށްދީގެން އޭޓީއެފްއަށް އެވޯޑެއް
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ ޖަމްއިއްޔާތައް ހޮވައިފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ނުކުޅެދުންތެރިކަން ހުންނަ މީހަކާ ބެހުނު މީހަކު ހައްޔަރު