ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
16 ޖޫން 2025
ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރު ވެބްސައިޓުގައި އާއްމުކުރި ލިޔުމުގައި އެ މިނިސްޓްރީން ބުނީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ބައެއް ކަމަށެވެ. މި ކުޑަކުޑަ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ބުންޏަސް، އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.
އެންސްޕާއިން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިިދިޔަ އޭޕްރީލް މަހާ ހަމައަށް 14،188 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެ މީހުންގެ ތެރަޕީއަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ.
މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނާތީ މުޖުތަމައުއިން އެ މީހަކު ބާކީކުރާ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ އެ މީހުންނަށް މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ކުރިއަރައިގެން ދިއުމާއި މާނަ ހުރި ގޮތެއްގައި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސް އެޅިގެންދިއުން
ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ އެ މީހުން ބާރުވެރިކޮށް އަމިއްލަ މިނިވަންކަމާއެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް އާއިލާތަކެއް ބިނާކުރުމުގައި މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދެ އެވެ." އެ ލިޔުމުގައިވެ އެވެ.
ނުކުޅެދުންތެރިކަމަށް މީހުން އަހުލުވެރިކުރުވަން ގިނަ ޕްރޮގްރާމްތައް ހިންގިދާނެ ކަމަށާއި އެފަދަ ޕްރޮގްރާމްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެ، ޝާމިލްކުރުމުގެ ކުރެވޭ ކަންތައްތައް ގިނަވާނެ ކަމަށް ވެސް ބުންޏެވެ.
އެމްޕަވަމެންޓް ހަބް އަޅަން ސޮއިކޮށްފި
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ނުކުޅެދޭ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ
ނުކުޅެދޭ މީހުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދެފި
ޑިސެބިލިޓީ އެލަވަންސް: 222 މީހަކަށް 7،000ރ.
ސީބީއާރް އެހީ ދޭނެ މީހުން ތަމްރީނުކުރަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފޯރަމް ފަށައިފި
ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓް ހޯދަނީ
ގުރައިދޫ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތްތާ 9 އަހަރު