Roadha Mihaaru
ހިޔާގެ ވަޒީފާތަކަށް ބޭއްވި އޯޕަން ޑޭއަށް ތަރުހީބު ބޮޑު

ހިޔާގެ ވަޒީފާތަކަށް ބޮޑު ތަރުހީބެއް، އިތުރު އޯޕަންޑޭއެއް ބާއްވަން ވިސްނަނީ

10 މާޗް 2023

ހިޔާ ފްލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސަޕޯޓް ސްޓާފުން ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޯޕަން ޑޭއެއް ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިޔާ ފްލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސަޕޯޓް ސްޓާފުން ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޯޕަން ޑޭއެއް ފަށައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްކޫލުގައި އޯޕަން ޑޭ ކުރިޔަށް ދަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި މިރޭ 8:00 އިން 10:00 އަށެވެ.

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހިޔާ ފްލެޓުތައް ސާފު ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކުން ކުރަމުން އައި ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އަލުން ވަޒީފާތަކަށް ހުޅުވާލަން ނިންމީ ކަމަށެވެ.

އެހެންވެ ތާޑް ޕާޓީ ކުންފުނިތަކާ އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިންމާފައިވާ ކަމަށާއި އެ ވަޒީފާތަކުގައި ދެން އުޅޭނީ ހިޔާގައި ދިރިއުޅޭ މީހުން ކަަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ފެށި އޯޕަން ޑޭގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފުންނަށް ވަޒީފާ ވަނީ ހުޅުވާލައިފަ އެވެ. އެ ދެ މަގާމަށް ވެސް މުސާރައިގެ ގޮތުގައި 10،500ރ. ވަނީ ހަމަޖައްސައިފަ އެވެ.

"މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އެހެންވެ އަޅުގަނޑުމެން މި އަންނަނީ އިތުރު އޯޕަން ޑޭއެއް ބާއްވަން ވިސްނަމުން،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު ސެކިއުރިޓީ ބަލަހައްޓަމުންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވެ އެވެ. އެހެން ނަމަވެސް ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިންނެވެ.